twitterviber whatsapp telegramfacebookyoutube instagram
13th May 2025

މިއަހަރު ފެށުން ފަހުން ކުމުންދޫ ސްކޫލުގެ ގްރޭޑު ދިހައަކަށް ދިވެހި ކިޔަވާދީފައެއް ނުވޭ

Mar 12, 2014

މިއަހަރު ދިރާސީ އަހަރު ފެށުނު ފަހުން ދެމަސް ދުވަސް ވީއިރު ހދ. ކުމުންދޫ ސްކޫލުގައި ގްރޭޑު ދިހައަކަށް ކިޔަވާދީފައެއް ނުވާ ކަމަށް އެސްކޫލުގެ ބެލެނިވެރިން ބުނެފި އެވެ.

މިނޫހަށް މައުލޫމާތު ދެމުން އެސްކޫލުގެ ގްރޭޑު ދިހައެއްގެ ބެލެނިވެރިޔަކު ބުނީ މިއަހަރުގެ ކިޔެވުން ފެށުނީއްސުރެ ސްކޫލުގެ ގްރޭޑު ދިހައަކަށް ދިވެހި ކިޔަވާދީފައި ނުވާ ކަމަށާއި ޓީޗަރަކުވެސް ހަމަޖެހިފައި ނުވާ ކަމަށެވެ.

ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ސާނަވީއަށް ދިވެހި ކިޔަވައިދޭ ދެ ޓީޗަރުން އެސްކޫލުގައި ތިބޭ އިރު އޭގެ ތެރެއިން އެކަކީ ލީޑިން ޓީޗަރެއް ކަމަށާ އޭނާ އަބަދުވެސް އެކި ކަންކަމުގައި ޗުއްޓީ ނަންގަވަމުން ގެންދަވާތީ ދިވެހި ކިޔަވައިދޭނެ ޓީޗަރަކު ނުހުންނަ ކަމަށެވެ. އަދި ދިވެހި ކިޔަވާދޭ އަނެއް ޓީޗަރު މިވަގުތު ހުންނެވީ ކޯހެއް ހެދުމަށްޓަކައި ނޯޕޭ ލީވް ނަންގަވައިގެން ކަމަށް ޕްރިންސިޕަލް އެލެކްސް ވިދާޅުވި އެވެ.

މިދިޔަ ހަފްތާ ތެރޭގާ ވަގުތީ ދިވެހި މުދައްރިސަކު ގުޅިފައިވާ ކަމަށާ އޭނާ ދާއިމީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްކޫލުން މައުލޫމާތު ދެއްވި އެވެ. އެހެންނަމަވެސް އެމުދައްރިސް ވެސް ހަމަޖެހިފައިވަނީ ގްރޭޑު އަށެއް އަދި ނުވަޔަކަށް ކިޔަވާ ދިނުމަށެވެ.

މިމައްސަލާގައި ސްކޫލުގެ ބެލެނިވެރިންވަނީ ރަށުގެ ކައުންސިލަރުންނާއި ސްކޫލުގެ އިސްވެރިންނާ ވަނީ ބައްދަލު ކޮށްފަ އެވެ.

ހދ. ކުމުންދޫ ސްކޫލަކީ ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާ ސްކޫލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355