twitterviber whatsapp telegramfacebookyoutube instagram
28th September 2026

އެންމެ އުތުރުގެ ތިން އަތޮޅުގެ ފެރީގެ ހިދުމަތް އަލުން ފަށައިފި

Mar 12, 2014

ހއ.ހދ އަދި ށ އަތޮޅުގެ ފެރީގެ ހިދުމަތް އަލުން ފަށައިފި އެވެ.

3 އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން މިދިޔަ މަހު ހަވާލު ކޮށްފައިވާ އެއާޕޯޓް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އުމަރު މުހައްމަދު މިނޫހަށް ވިދާޅުވީ ފެރީގެ ހިދުމަތް ދިނުމަށް އެންމެ ފެންވަރުގެ ފެރީ އަދި މިސަރަހައްދުގައި ބޭނުން ނުކުރި ނަމަވެސް ހިދުމަތަށް ބަލާފާ ކުރިއަށް އޮތް ތަނުގައި ފެންވަރު ރަގަޅު ފެރީ ހިދުމަތަށް ނެރެން ހަމަޖެހިފަވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް ފެރީ އިން 65 އަހަރު މަތީގެ ބޭފުޅުންނާއި 2 އަހަރުން ދަށުގެ ކުޑަކުދިން އަދި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތަކަށް އެއްވެސް ފީ އަހަކާ ނުލާ ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އުމަރު ވިދާޅުވި މިހާރު ވެސް އެސަރަހައްދުގައި ބޭނުން ކުރާ ފެރީ ތަކަކީ ގަޑިއަކު 9 ނޯޓިކަލް މޭލަ ދުވާ ފެރީ ތަކެއް ކަމަށެވެ.

މިފެށި ފެރީ ނިޒާމުގައި ހއ އަތޮޅުގައި 2 ފެރީ ބޭނުންކުރާ އިރު ހދ އަދި ށ އަތޮޅެއްގައި 3 ފެރީ ބޭނުންކުރެ އެވެ. އަތޮޅު ތެރޭގައި ފެރީގެ ޓިކެޓެއް 20 ރުފިޔާ އަށް އުޅޭއިރު އަތޮޅުން ބޭރުގައި ކުރާ ދަތުރު ތަކަށް ނަގަނީ 35 ރުފިޔާ އެވެ.

މިދަތުރުތައް ކުރާނީ ހަފްތާ އަކު 3 ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293