twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓު ވެއްޖެ

Mar 13, 2014

ކުޅުދުއްފުށީގައި  އިއްޔެ ޕްރައިވެޓް ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.

މިއެކްސިޑެންޓު ހިނގީ މިތުރު ކޮންޕެނީގެ ޕިކަޕަކާއި ކުޅުދުއްފުށީ ޑޭޒީމާގެ ހުސެން ޖަލީލުގެ ކާރަކާ ކަމަށް މައުލޫމާތު ލިބެ އެވެ. އެހެން ނަމަވެސް އެކްސިޑެންޓް ވީއިރު ކާރު ދުއްވަން އިނީ ކޮންފަރާތެއް ކަމެއް އެނގިފައެއް ނުވެ އެވެ. މައުލޫމާތު ލިބެނީ ޕިކަޕު ހުއްޓާފައި އޮއްވައި ކާރު އައިސް ޖެހުނީ ކަމަށެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މި އެކްސިޑެންޓު ހިނގިކަމުގެ މައުލޫމާތު އެފަރާތްތަކަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު ދެގަޑި ފަހެއް އެހާކަން ހާއިރު އެވެ.

މިއީ ބަންޑާރަމަގާއި ރަންކޮކާމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ.

މި އެކްސިޑެންޓުގައި ކާރަށާއި ޕިކަޕައް ގެއްލުން ލިބިފައިވީ ނަމަވެސް އެއްވެސް ފަރާތަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ.

މި އެކްސިޑެންޓައި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ. ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355