twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޖަލާލުއްދީން ސްކޫލުގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވާ ބައިލައްކައެއްހާ ރުފިޔާ ހޯދައިފި

Mar 16, 2014

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމު ކޮށްގެން އިއްޔެ ބޭއްވި ކާބޯތަކެތި އަދި “އޭތިމީތި” މައުރަޒުން ބައިލައްކައެއްހާ ރުފިޔާ ހޯދައިފި އެވެ.

އެ ސްކޫލުގެ ޕީޓީއޭ ކޯޑިނޭޓަރު އައިމިނަތު މުހައްމަދު ވިދާޅުވީ އިއްޔެ ބޭއްވި މި މައުރަޒުން 48000ރ. ވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށެވެ. އިއްޔެ މެންދުރު ފަހު ބޭއްވި މި މައުރަޒުގައި ތަފާތު ވައްތަރުގެ ލުއި ކާބޯތަކެއްޗާއި ރާއްޖޭއި ހައްދާ މޭވާ އާއި ތަރުކާރީގެ އިތުރުން އަންނައުނު ވަނީ ވިއްކާފަ އެވެ.

މި ފައިސާ ހަރަދު ކުރަން ހަމަޖެހިފައިވަނީ ސްކޫލުގެ ކްލާސް ރޫމުތައް ޑިޖިޓަލައިޒް ކުރުމަށް ކަމަށާއި ދަރިވަރުންނާ ގުޅުންހުރި ތަފާތު ޕްރޮޖެކްޓުތައް ހިންގުމަށް ކަމަށް ސްކޫލުން މައުލޫމާތު ދެ އެވެ.

އިއްޔެ މި ބޭއްވުނު މައުރަޒުގެ އިތުރުން މި އަހަރު ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމަށް ރޭވިފައިހުރި ކަންތައްތަކުގެ ތެރޭގައި ޓްރޭޑް ފެއާރ އަކާއި މަސައްކަތު ދުވަހެއް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕީޓީއޭ އިން މައުލޫމާތު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355