އެސްޓީއޯގެ ތެޔޮ ބޯޓެއްގައި މިމަހު 4 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ކުޅުދުއްފުށީ މީހާ ނިޔާވެއްޖެ އެވެ.
މިހާދިސާގައި ނިޔާވީ ހދ. ކުޅުދުއްްފުށީ ގަހާތަރި އާދަމް ގާސިމް (60) އެވެ.
އޭނާ ނިޔާވެފައިވަނީ އިންޑިއާގެ މުންބާއީގެ ނެޝަނަލް ބާރނިން ސެންޓަރގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް ގާސިމްގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި ތެޔޮ ޓޭންކަރުގާ އަލިފާން ރޯވީ އިންޑިޔާއާ ކައިރިން ދަތުރު ކުރަމުން ދަނިކޮށެވެ. އަދި އަލިފާން ރޯވިއިރު ޓޭންކަރުގައި މާގިނަ ތެލެއް ނެތް ކަމަށް މައުލޫމާތު ލިބެ އެވެ.