twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީ ބަންޑާރަމަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

Mar 15, 2014

ހދ.ކުޅުދުއްފުށީ ބޮޑެތި މަގު ތައް ރަގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން ބަންޑާރަމަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ބަންޑާރަމަގުގައި ތާރު އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ ސަރުކާރުން އެމަސައްކަތް ކުރަން ހަވާލު ކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ޗެއަރމަން ޙާލިދު އަބުދުﷲ އަލީ އާއި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދެވެ.

720 މީޓަރުގެ މިމަގު ހެދުމުގެ މަސައްކަތް އިއްޔެ ފެށި އިރު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޕޭމެންޓުގައި ގައު އެތުރުމުގެ މަސައްކަތަކެވެ.

ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ އަމީނީމަގުގައި ތާރުއަޅާ މިހާރު ވަނީ ނިންމާ ބޭނުން ކުރަން ފަށާފަ އެވެ. ނަމަވެސް އަމީނީމަގުގައި ހަދާފައިވާ ވެހިކަލް ފާކް ކުރާ ބައެއް ތަންތަނުގައި ގައު އަތުރާފަ އެއް އަދި ނުވެ އެވެ. އަދި އަމީނީމަގުގައި އެޅި ތާރުގައި ވަނީ ބޮޑެތި ރެނދު ތަކެއް ލާ ފަޅަފަޅާގެން ގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355