twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހޯރަފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެ

Mar 17, 2014

ކުރިޔަށް އޮތް ތިން މަސް ދުވަސްތެރޭ ހޯރަފުށީގެ އެއާޕޯޓްގެ މަސައްކަތް އިއުލާނު ކުރައްވާނެ ކަމަށް ސަރުކާރުގެ ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަޓް ދިނުމަށްޓަކައި ސަރުކާރުން ވައުދުވެފައިވާ ފަދައިން ހޯރަފުށީ ރައްޔިތުންނަށްޓަކައި އެއާޕޯޓެއް އެޅުމަށް ތިން މަސްދުވަހުގެ ތެރޭގައި އިއުލާނު ކުރެވޭނެ ކަމަށް ސިޔާމް ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ފަރާތުން ހޯރަފުށީ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އިސްމާއީލްގެ ކެމްޕެއިން ފެށުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯރަފުށްޓާއި އެދާއިރާ ހިމެނޭ ރަށްތަކުން ބޭސްފަރުވާއަށާއި އެހެނިހެން ކަންކަމަށް މާލެ ދިއުމަކީ ވަރަށް ދަތި ކަމެއްކަމަށް ވިދާޅުވެ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހޯރަފުށީގެ ބިމުގެ ސަރަހައްދެއް ހިއްކައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ރައީސް އަބްދުއްﷲ ޔާމީންގެ ސަރުކާރުން މަސްވެރިންނަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށް ވިދާޅުވެ މިއަހަރުގެ ތެރޭގައި މަސްވެރިންނަށް ބޯޓް ޔާޑެއް ތަރައްގީ ކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. މީގެ އިތުރުން ރަށު ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރައްވައި އެކަށީގެންވާ ހެޔޮ ބަދަލެއްގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ތިން ލައްކަ ރުފިޔާގެ ދަރަނި އެއްލައްކަ ރުފިޔާ އަށް ތިރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355