twitterviber whatsapp telegramfacebookyoutube instagram
10th April 2026

ލީޝާ މަދިރި ބޭސް ޖެހުމުގެ ޕްރޮގުރާމެއް ހިންގަނީ

Mar 17, 2014

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ އައިޝަތު ލީޝާ މަދިރި ބޭސް ޖެހުމުގެ ޕްރޮގުރާމެއް ހިންގަވަން ފައްޓަވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި މި ޕްރޮގުރާމުގައި މިއަދު ޖަހަން ހަމަޖެހިފައިވަނީ އަފީފުއްދީން ސްކޫލާ ދިމާއަށް ކަމަށް ލީޝާ މައުލޫމާތު ދެއްވި އެވެ. އަދި މިއަދު މަދިރި ބޭސް ޖަހާ އެއްކޮށް ނިމޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް ލީޝާ ވިދާޅުވި އެވެ.

މިއީ ޑޯޓުޑޯގެ ތެރެއިން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާއަކަށް މަދިރި ގިނަ ވުމުގެ މައްސަލަ ވެފައިވާތީ ކޮށްދޭ ކަމެއް ކަމަށް ލީޝާ ވިދާޅުވި އެވެ. މިއީ އިޖުތިމާއީ ގޮތުން ކުރައްވާ ކަމެއް ކަމަށާއި ލިބެން ހުރި މަދިރި

ބޭހުން ބޮޑަށް ދެކުނު ދާއިރާގެ ސަރަހައްދުތަކަށް ޖަހާފައިވީ ނަމަވެސް މުސްތަގުބަލުގައި ކުޅުދުއްފުއްޓަކީ މަދިރި “ފްރީ” ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ލީޝާ ވިދާޅުވި އެވެ.

ލީޝާ އަކީ އެމްޑީޕީގެ ޓީކެޓުގައި ކުޅުދުއްފުށީ ދެކުނު ދާޢިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355