twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމަރަލްޑު ހޯދައިފި

Mar 17, 2014

ޖަލާލުއްދީން ސްކޫލުގެ 15 ވަނަ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަން އެމަރަލްޑު ހޯދައިފި އެވެ.

އިއްޔެ ކުޅެވުނު ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދައްކާ އެމަރަލްޑު 0-4 ކާމިޔާބު ކުރީ ޓޮޕާޒް އާ ބައްދަލުކޮށެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ދިޔަ ކުދިންނަށް ވަނީ ޓްރޮފީ އާއި ހަނދާނީ ލިޔުންދީފައެވެ.

މިގޮތުން މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް މިމުބާރާތުގެ ރަނަރަޕް ޓީމު ޓޮޕޭޒް ހައުސްގެ މާހީ އަބްދުއްﷲ ހޮވުން އިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ހަމަ އެޓީމުގެ އަހުމަދު ސޮބާހު އެވެ. އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއަކަށް ހޮވުނީ އެމަރަލްޑްގެ މާއިދު ހަސަން ރަޝީދު އެވެ. އަދި އެމަރަލްޑު ހައުސްގެ އަލީ އާދަމް ވަނީ އެންމެ މޮޅު ފޯވާޑްގެ މަގާމު ހޯދާފަ އެވެ. ފެއަރ ޕްލޭޔާގެ މަގާމު ހޯދާފައިވަނީ ރޫބީ އަހުމަދު ސަހީމް ބަސީރެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ހަޔަސްޓު ސްކޯރާރ އަކަށް ހޮވުނީ އެމަރަލްޑް ހައުސްގެ ހުސެން ލަތީފެވެ.

ފައިނަލް މެޗަށްފަހު ވަނީ މުބާރާތުގެ ވަކި މެޗުތަކުގައި މޭން އޮފްދަ މެޗް މަގާމު ހޯދި ކުޅުންތެރިންނަށް ވެސް ޓްރޮފީ ދީފައެވެ. އެގޮތުން އެމަރަލްޑްގެ މާއިދު ހަސަން ރަޝީދު ވަނީ ފުރަތަމަ މެޗުގެ މޭން އޮފް ދަ މެޗް ހޯދާފަ އެވެ. ދެވަނަ މެޗުގެ މޭން އޮފް ދަ މެޗަކީ ޓޮޕޭޒް ހައުސްގެ މުހައްމަދު ސިރާޖެވެ. އަދި ތިންވަނަ މެޗާއި ހަތްވަނަ މެޗުގެ މޭން އޮފް ދަ މެޗަކަށް އަދި ހަޔަސްޓު ސްކޯރާރ އަކަށް ހޮވުނީ އެމަރަލްޑް ހައުސްގެ ހުސެން ލަތީފެވެ. ހަތަރުވަނަ އާއި ހަވަނަ މެޗުގެ މޭން އޮފް ދަ މެޗަށް ހޮވުނީ ރޫބީގެ އަހުމަދު ޖައިލަމް އެވެ. އަދި ފަސްވަނަ މެޗުން އެމަރަލްޑް ހައުސްގެ މުހައްމަދު ހަސަން އަށް މޭން އޮފް ދަ މެޗު ލިބުނެވެ.

މި މެޗުގެ ޝަރަފުވެރި މެހުމާނަކީ ކުޅުދުއްފުށީ ކައުންސިލު މެންބަރު އިބްރާހިމް އައްބާސް އެވެ.

މިމުބާރާތަށް ހުރިހާ ގޮތަކުން އެހީތެރިވި ފަރާތްތަކަށް ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލް ސެޓުފިކެޓް ބައްސަވައިދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355