twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހދ. އަތޮޅަށް ޓޫރިޒަމް ނުގެނެވިއްޖެނަމަ އިހުތިޖާޖަށް ނިކުންނަން ޖެހިދާނެ: އަތޮޅު ކައުންސިލުގެ ވައިކަރަދޫ ދާއިރާގެ މެންބަރު

Mar 17, 2014

ހދ. އަތޮޅަށް ޓޫރިޒަމް ނުގެނެވިއްޖެނަމަ އިހުތިޖާޖަށް ނިކުންނަން ޖެހިދާނެ ކަމުގެ މޭރުމަކުން އަތޮޅު ކައުންސިލުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޝަޤީފް ވާހަކަ ދައްކަވައިފި އެވެ.

ހުސެއިން ޝަގީފް މިހެން ވިދާޅުވީ ހދ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޝަޤީފް ވިދާޅުވީ ބޮޑު ތިލަދުންމަތީގެ މީހުންނަކީ އިހުތިޖާޖުކުރުމަށް ފިސާރި ރަނގަޅަށް ދަންނަ ބައެއް ކަމަށާއި އެހެން ނަމަވެސް އަދި ސަރުކާރުގެ މުއައްސަސާތަކާއި ވާހަކަދައްކައިގެން ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

“އަޅުގަނޑު ކައުންސިލަށް އައި މަގުސަދަކީ ޓޫރިޒަމް ހދ އަތޮޅަށް ގެނައުމަށް. އަޅުގަނޑުމެންގެ އަތޮޅު ނިކަމެތިވެފައި މިއޮތީ ފަތުރުވެރިކަމުގެ ސިނާއަތް މިތަނުގައި ނެތީމަ. ސަރުކާރުތަކަށް ވެސް އެނގިލައްވާނެ އަޅުގަނޑުމެން ބޮޑު ތިލަދުންމަތީގެ ބޭފުޅުންނަކީ ފިސާރި ރަނގަޅަށް އިހުތިޖާޖުކުރަން ދަންނަ ބައެއްކަން. މިހާރު ކުރަމުން މިދަނީ އެބޭފުޅުންނާ މަޝްވަރާގެ މަސައްކަތްތައް.” ޝަޤީފް ވިދާޅުވި އެވެ.

މި ޖަލްސާގައި އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހުމަދު އާތިފް ވިދާޅުވީ އެކި ކުލައިން އައިސްފައި ތިބި ކައުންސިލެއް ވިޔަސް ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރާނެ ކަމަށާއި އަދި ހދ އަތޮޅަށް ތަރައްޤީ އާއި ކުރިއެރުން ގެނެސް ދިނުމަށް ކައުންސިލުގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިދަތުރުގައި ކުރިނބީ ކައުންސިލާއި ސްކޫލު އަދި ކުރިނބީ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވާ ކައުންސިލުގެ މެންބަރުން ބައްދަލުވުންތަކެއް ބޭއްވި އެވެ. އަދި ކުރިނބީ ޖަމިއްޔާތަކާއި ޕްރީސްކޫލްއާ އެބޭފުޅުން ބައްދަލުކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355