twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Mar 18, 2014

ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ރޯހައުސް ތަކަށް އެދޭ ފޯމު ދޫކުރަން އިއްޔެ ފަށާފައިވާއިރު މިހާތަނަށް ގާތްގަނޑަކަށް 1000 ފޯމު ވަނީ ދޫކޮށްފައެވެ.

މިއަންނަ މަހުގެ 17 ގެ ނިޔަލަށް ރޯހައުސް އަށް އެދޭ ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށާއި އޭޕްރިލް 24 ވަނަ ދުވަހުގެ އޮފީސް ބަންދުވަންދެން ފޯމު ހުށެހެޅޭނެ ކަމަށް ކައުންސިލުން ހާމަ ކުރައްވަ އެވެ.

ކުޅުދުއްފުށީގެ ރޯހައުސް ދޫކުރަން ހަމަޖެހިފައިވަނީ ރަށުންނާއި ރަށުން ބޭރު މީހުންނަށެވެ. 60 އިންސައްތަ ރަށުގެ މީހުންނަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު 40 އިންސައްތަ ރަށުން ބޭރުމީހުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީގައި ހަދާފައިވާ ރޯހައުސްތަކަކީ 3 ކޮޓަރި، ބަދިގެ ސިޓިންގ ރޫމް ހިމެނޭ ގޮތަށް ހަދާފައިހުރި ގެތަކެކެވެ.

ރޯހައުސްތަކުގެގެ ޑައުން ޕޭމެންޓާއި މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓް ސަރުކާރުން ދާދިފަހުން ވަނީ ކުޑަކޮށްފައެވެ. ޑަައުން ޕޭމެންޓުގެ ގޮތުގައި މިހާރު ދައްކަންޖެހެނީ 19000ރ. އެވެ. އަދި އިންސްޓޯލްމެންޓުގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ 3000ރ އެވެ.

ނޯޓު: ހަބަރު ޝާއިއުކުރި ފަހުން ވަނީ އިސްލާހުކުރެވިފައި.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355