twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އުތުރުގެ ތިން އަތޮޅުގެ ފަރާތުން އެލްޖީއޭގެ މެންބަރަކަށް ހއ އަތޮޅު ކައުންސިލުގެ މެންބަރު ހުސެއިން ނަސީރު އިންތިހާބު ކޮށްފި

Mar 18, 2014

ހއ. ހދ. އަދި ށ އަތޮޅުގެ ކައުންސިލްތަކުގެ ފަރާތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި ހުންނަވާ މެންބަރެއްގެ ގޮތުން ހއ. އަތޮޅު ކައުންސިލުގެ ބާރަށު ދާއިރާގެ ޕީޕީއެމް މެންބަރު ހއ. އުތީމު ޔާގޫތުގެ ހުސެއިން ނަސީރު އިންތިހާބު ކޮށްފި އެވެ.

މިއަދު އެބޯޑަށް މެންބަރަކު އިންތިހާބު ކުރުމަށް ތިން އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވި ވޯޓު ލުމުގައި ހުސެއިން ނަސީރަށް ލިބިފައިވަނީ 13 ވޯޓެވެ. ށ އަތޮޅު ކައުންސިލުގައި 8 މެމްބަރުން ތިއްބަވާއިރު މި ވޯޓުގައި ބައިވެރިވެ ވޯޓު ދެއްވާފައިވާ 6 މެންބަރުން ވެސް ވޯޓު ދެއްވާފައިވަނީ ހުސެއިން ނަސީރަށެވެ.

ހއ. އަތޮޅު ކައުންސިލުގައި 10 މެންބަރުން ތިއްބަވާއިރު މިއިންތިހާބުގައި ބައިވެރިވެފައިވަނީ 8 ކައުންސިލަރުންނެވެ. އެތަނުން 1 ވޯޓު ބާތިލުގެ ގޮތުގައި ގުނާފައިވާއިރު 7 ވޯޓު ގުނާފައިވަނީ ހުސެއިން ނަސީރަށެވެ.

އޭނާއާ ދެން އެންމެ ވާދަކުރި ހދ. އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އުންމުކުލްސޫމް އިބުރާހިމް އަށް ލިބިފައިވަނީ ހަމައެކަނި ހދ. އަތޮޅު ކައުންސިލުގެ 10 ކައުންސިލަރުންގެ ވޯޓެވެ.

މި އިންތިހާބުގައި ވާދަކުރި ށ. އަތޮޅު ކައުންސިލުގެ މުހައްމަދު އާރިފަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އެލްޖީއޭގެ ބޯޑު އެކުލެވިގެން ވަނީ ނުވަ ބޭފުޅުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ވަޒީރެއްގެ އިތުރުން މާލެ އާއި އައްޑޫ ސިޓީން ދެ ކައުންސިލަރަކާއި އަތޮޅު ކައުންސިލަރުންގެ ތެރެއިން ހަތަރު ބޭފުޅަކާއި މަދަނީ ޖަމިއްޔާއެއް ތަމްސީލްކުރައްވާ ބޭފުޅެއްގެ އިތުރުން އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355