twitterviber whatsapp telegramfacebookyoutube instagram
13th February 2026

ރެސިޕީ: އާފަލު ކޮފީ ކޭކު

Mar 21, 2014

ވަރަށް އަވަހަށް އެހާމެ ފަސޭހައިން ހަދާލެވޭ މީރު އެއްޗެއް.

ބޭނުންވާ ތަކެތި

1 ޖޯޑު ފުށް

1 ސަމުސާ ބޭކިން ޕައުޑަރު

2/1 ސަމުސާ ލޮނު

2/1 ޖޯޑު ހަކުރު

1 ސަމުސާ މުގުރި ފޮނިތޮށި

5 1/2 ސަމުސާ ބަޓަރު

1 ބިސް

2/1 ޖޯޑު ކިރު

1 އާފަލު (ތޮށި މަށާފައި ތުނިކޮށް ކޮށާފައި)

ހައްދަވާނެ ގޮތް

އަވަން 375 ޑިގުރީސް ފެރެންހައިޓަށް ހޫނު ކޮށްލާށެވެ. އަދި ކޭކު ފިހަން ބޭނުންވާ ތަށީގައި އެއްކޮށް ތެޔޮ ނުވަތަ ބަޓަރު ހާކާލާށެވެ.

ތަށްޓެއްގައި ފުށާއި ބޭކިން ޕައުޑަރު އަދި ލޮނު ރަނގަޅަށް އެއްކޮށްލާށެވެ.

އެހެން ތައްޓެއްގައި 4/1 ޖޯޑު ހަކުރާއި މުގުރާފަހުރި ފޮނި ތޮށިކޮޅު އެއްކޮށްލާފައި ބަހައްޓާށެވެ.

ބާކީހުރި ހަކުރާއި ބަޓަރުކޮޅު މިކްސަރުން ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ބިސް އަޅައި ރަނގަޅަށް ގިރުވާލުމަށްފަހު ކުރިން އެއްކޮށްފައިވާ ފުށްތައް ތިން ފަހަރު މަތިން އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

ކޭކު ފިހަން ތައްޔާރުކުރި ތައްޓަށް މީގެ ދެބައި ކުޅަ އެއްބައި އަޅާލާށެވެ. އަދި އާފަލުތައް އޭގެ މަތިން ފަތުރާލައި ފޮނިތޮއްޓާއި ހަކުރު އެއްކުރި ބައި ދެ ސަމުސަލެއްވަރު ބަހައްޓާފައި އާފަލުތައް މައްޗަށް އަޅާލާށެވެ. ދެން ބާކީ ހުރި ފުށްގަނޑު އަޅާފައި ބެހެއްޓި ފޮނިތޮއްޓާއި ހަކުރު ކޮޅު އޭގެ މައްޗަށް ބުރުވާލާށެވެ.

ހޫނުކޮށްފައިވާ އަވަނުގައި 25 މިނެޓުވަންދެން ނުވަތަ ކޭކު މަޑު ބުރައުން ކުލައަކަށްވެ އާފަލުތައް ކައިރި ފަށުން ދިޔާވެގެން މައްޗަށް އަރަންދެން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355