twitterviber whatsapp telegramfacebookyoutube instagram
1st June 2026

ލީޝާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

Mar 20, 2014

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ އައިޝަތު ލީޝާގެ ކެމްޕެއިން ފަހު ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

މިއަދު އަމީރު އަމީން ސްކޫލާ ދިމާ ހިއްކި ބިމުގައި ބޭއްވި މިކުޑަކުދިންގެ ހަވީރުގައި އިނާމް ލިބޭ ގޮތަށް ތަފާތު ކުޅިވަރު ތަކުގެ ސްޓޯރު ތައް ބަހައްޓާފައިވެ އެވެ. އަދި ތަފާތު ކާޓޫން ކެރަކްޓަރ ތައް ވެސް އެތަނުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި މިހަވީރު ބޭއްވުމުގެ މަގުސަދަކީ ކުޑަކުދިން އެއްތަނަކަށް އެއްވެ އެކުވެރި އުފާވެރި މާހައުލެއްގާ އުޅުމަށް ފުރުސަތު ދިނުކަމަށް ލީޝާގެ ކެމްޕެއިން ޓީމުން ހާމަކުރެ އެވެ.

ކުޅުދުއްފުށީގެ ދެކުނުދާއިރާގެ ގޮނޑި ހާސިލު ކުރުމަށް ފޯރިއާ އެކު ކެމްޕެއިން ކުރަމުންދާ ލީޝާ މިހާރު ވަނީ ދެފަހަރަށް ދާއިރާގެ ހުރިހާ ގެތަކަށް ޒިޔާރާތް ކުރުމުގެ ޕްރޮގުރާމެއް ފަށާފަ އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ ހުރިހާ ގޭބިސީ ތަކަށް ފުރަތަމަ ޒިޔާރަތް ކުރި ކެނޑިޑޭޓަކީ ވެސް ލީޝާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355