twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުއްލި ހަބަރު: ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

Mar 22, 2014

18:00

ކުޅުދުއްފުށީގައި ދާދި ދެންމެއަކު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.

މިހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ސާޖިދު ކިޔާ ޒުވާނަކަށް ކަން ކުޅުދުއްފުށި އޮންލައިން އަށް ވަނީ އެނގިފަ އެވެ. އޭނާ މިހާރު ވަނީ ކުޅުދުއްުފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށަފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އޭނާގެ ފުއްޕާމެއަށް ޒަހަމްތަކެއް ވަނީ ލިބިފައެވެ. އަދި އެކްސިޑެންޓަށްފަހު އަދި ހޭވެސް ނާރައެވެ.

މިއެކްސިޑެންޓް ހިނގަން ދިމާވީ ކުޅުދުއްފުށީ އަމީނީމަގުން އަފީފުއްދީން ސްކޫލު ސަރަހައްދުން ދެކުނަށް ސައިކަލު ދުއްވާފައި ދަނިކޮށް ސްޓޭޑިއަމްގެ އުތުރުން އޮންނަ ގޯޅިން ނުކުތް ކާރެއްގައި ސައިކަލު ޖެހި ކޮންޓްރޯލް ނުކުރެވިގެންނެވެ. ސައިކަލު އެކްސިޑެންޓްވި އިރު ފަހަތު ސީޓުގައި ސާޖިދުގެ ކޮއްކޮ އިންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާ އެއް ކަމެއް އަދި ވަނީ ސާފު ނުވެއެވެ.

(އިތުރު ތަފްސީލް އަންނަނީ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355