twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކުޅުދުއްފުށީ ދެކުނު ދާއިރާ މެމްބަރު ނަޝީދު ކާމިޔާބު ކުރައްވައިފި

Mar 22, 2014

މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮށިތަކުން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކުރި ހޯއްދަވައިފި އެވެ.

ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ކުޅުދުއްފުށީގެ ބެހެއްޓި 4 ވޯޓު ފޮށިން ނަޝީދުއަށް ވަނީ 762 ވޯޓު ލިބިފައި އެވެ.ނަޝީދުއާ އެންމެ ގާތުން ވާދަކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އައިޝަތު ލީޝާ އެވެ. އޭނާ އަށް ވަނީ 682 ވޯޓު ލިބިފަ އެވެ.

ދެކުނު ދާއިރާގެ ނަތީޖާ ތަކަށް ބަލާލާ އިރު އެންމެ ފޮއްޓެއް ފިޔަވާ ހުރިހާ ފޮއްޓަކުން ކުރި ހޯދާފައިވަނީ ވެސް ނަޝީދެވެ. ނަޝީދަށް އެއްވަނަ ލިބިފައި ނުވާ ފޮއްޓަކީ އަފީފުއްދީން ސްކޫލުގެ އުތުރު ފަރާތުގައި ބެހެއްޓި ވޯޓު ފޮށިންނެވެ. އެފޮށިން ކުރި ހޯއްދެއްވީ ލީޝާ އެވެ.

ކުޅުދުއްފުށީގައި ބެހެއްޓި ފޮށި ތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 276 ވޯޓާ އެކު 3 ވަނަ އަށް ގޮސްފައިވަނީ އަމިއްލަ ކެނޑިޑޭޓު އާދަމް ވަހީދެވެ. އެދާއިރާ އިން އެންމެ ފުލުގައި އުޅެނީ ވެސް އަމިއްލަ ގޮތުން ވާދަ ކުރެއްވި ނާޒިމާ އަލީ އެވެ. އޭނާ އަށް ލިބިފައިވަނީ 105 ވޯޓެވެ.

ކުޅުދުއްފުށި ދެކުނު ދާއިރާއިން ސައްހަ ވޯޓުގެ ގޮތުގައި 1825 ގުނާފައިވާ އިރު ބާތިލުގެ ގޮތުގައި 14 ވޯޓު ގުނާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355