twitterviber whatsapp telegramfacebookyoutube instagram
13th May 2025

މިއަދު އެކްސިޑެންޓުގައި ޒަހަމްވި ދެބެއިން އިތުރު ފަރުވާއަށް މާލެ ގެންދަނީ

Mar 22, 2014

މިއަދު ހަވީރު ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެބެއިން އިތުރު ފަރުވާ އަށް މާލެ ގެންދަން ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ހދ. ކުޅުދުއްފުށީ ސަވާނާ ސާޖިދު އިބްރާހިމް (20) އާއި ފަހަތުގައި އިން އޭނާގެ ކޮއްކޮ ސާހު އިބްރާހިމް (12) އަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން ދެބެއިންގެ ގައިގެ އެތައްމިތަން މަށައިން ގޮސްފައިވާއިރު ސާޖިދު ނޭފަތުން ލޭއައި ކަމަށާއި އެހެން ނަމަވެސް މިހާރު ލޭމަނާ ވެފައިވާ ކަމަށް އާއިލާއިން ހާމަކުރެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކުރެވިފައިވާ ސާޖިދު މީހާރު ހޭއަރާފައިވާ ކަމަށާއި ވާހަކަ ދައްކާ ކަމަށްވެސް އާއިލާގެ ފަރާތުން ހަބަރު ލިބެ އެވެ. އަދި 6 ގަޑި އިރުގެ ތެރޭގައި މާލެ ގެންދިޔުމަށް ޑޮކްޓަރުން ލަފާ ދެއްވާތީ މާލެ ގެންދަން ނިންމާފައިވާ ކަމަށް އާއިލާގެ ފަރާތުން ހާމަކުރައްްވަ އެވެ. އެއީ އެތެރެހަށްޓައް ގެއްލުމެއް ވެފައިވޭތޯ ބެލުމަށެވެ.

އެކްސިޑެންޓުވީއިރު ކާރު ދުއްވަން އިނީ ހދ. ކުޅުދުއްފުށީ ތަހުތު މޫސާ މުހައްމަދު ކަމަށް މައުލޫމާތު ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355