twitterviber whatsapp telegramfacebookyoutube instagram
10th April 2026

ހދ އަތޮޅު ޤުރުއާން މުބާރާތް މި އަހަރު ނޭކުރެންދޫގައި ބާއްވަން ނިންމައިފި

Mar 23, 2014

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މި އަހަރު ބާއްވާ 3 ވަނަ އަތޮޅު ޤުރުއާން މުބާރާތް ނޭކުރެންދޫގައި ބާއްވަން ނިންމައިފި އެވެ.

ހދ އަތޮޅު ކައުންސިލުގެ ތަރުޖަމާނު އަބްދުލް މުހައިމިން ވިދާޅުވީ އަތޮޅު ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް އިއުލާނު ކުރުމުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މަކުނުދޫ އާއި ނޭކުރެންދޫއިން ކަމަށެވެ. އަދި ނޭކުރެންދޫގައި މިއަހަރު މި މުބާރާތް ބޭއްވުމަށް ނިންމީ އެންމެ ކުޑަ ހަރަދަކުން އެކަން ކުރަން ހުށަހެޅީ ނޭކުރެންދޫއިން ކަމަށްވާތީ ކަމަށް ވެސް މުހައިމިން ވިދާޅުވި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހަފުތާ ތެރޭގައި ހުޅުވާލެވޭނެ ކަމަށާއި މުބާރާތް އޮންނަ ދުވަސްތަކުގައި ފަސޭހަ ކަމާއެކު ނޭކުރެންދޫއަށް ދެވޭނެ އިންތިޒާމެއް އެ ރަށުން ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އަދި މިމުބާރާތް އޮންނަ ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށާއި އެހެންނަމަވެސް މިއަންނަ މަހުގެ ތެރޭގައި ޤުރުއާން މުބާރާތް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަން ފެށި މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ ހދ މަކުނުދޫގަ އެވެ. އަދި މިދިޔަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ކުޅުދުއްފުށީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355