ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށް ދެކޮޅުހެދި އަންހެނެއްގެ އުރަމަތި ކަނޑާލައިފި އެވެ.
މިއަންހެން މީހާއަކީ އިންޑިއާގެ ގުޖުރާތުން ބިވާންޑީ ޓައުން އަށް ވަގަށް ނަގައިގެން ގެނެސްފައިވާ މީހެކެވެ. އަދި އޭނާ ވަނީ ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ތަނަކަށް ވިއްކާލެވިފަ އެވެ.
ތޭންގެ ސަހަރެއް ކަމަށްވާ ބިވާންޑީ ޓައުންގައި ހިންގި މިމާރާމާރީގައި އަނިޔާ ލިބިފައިވަނީ 24 އަހަރުގެ އަންހެނަކަށެވެ. ތިން ފިރިހެނުން ވެގެން ކުރި މި ލާއިންސާނީ އަމަލަކީ އެއަންހެން މީހާ ހަށި ވިއްކުމުގެ ވިޔަފާރި ނުކުރުމުން ކުރި ކަމަށް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މީގެ ތެރެއިން އެ ހަށި ވިއްކުމުގެ ވިޔަފާރި ހިންގި ފަރާތް މިހާރު ތޭންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީ ނަމަވެސް އަނެއް ދެމީހުން އަދި ވަނީ ހޯދާ ނުފެނިފަ އެވެ.
އަންހެން މީހާގެ ދަތްތައް ބިންދާލުމުގެ އިތުރުން އެތިން މީހުން އޭނާ އަށް އެކި ވަރުގެ އަނިޔާތައް ވެސް ދީފައިވެ އެވެ.
އޭނާ ފެނުނު މީހުން އިންޑިއާގެ އައިޖީއެމް ހޮސްޕިޓަލަށް ގެނައި ކަމުގައި ވިޔަސް މިހާރު އޭނާ ވަނީ ތޭން ގައި ހުންނަ ޑިސްޓްރިކްޓު ހޮސްޕިޓަލަށް ބަދަލު ކުރެވިފަ އެވެ. ނަމަވެސް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އޭނާއަށް ލިބިފައިވާ ގެއްލުންތަކުން ބަޔާނެއް ދެވޭވަރު ނުވާކަމަށް ތޭންގެ ފުލުހުން ހާމަކުރައްްވަ އެވެ.
ކޯޓަށް ހާޒިރު ކުރެވުނު ހަށި ވިއްކުމުގެ ވިޔަފާރި ހިންގާ މީހާ މިމަހުގެ 25 ވަނަ ދުވަހުގައި ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ހާމަކުރެނެވެ. — ހިންދުސްތާން ޓައިމްސް —