twitterviber whatsapp telegramfacebookyoutube instagram
14th May 2025

މުނިސިޕަލް ބައެއް މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާން ކުރާނެ: ކުޅުދުއްފުށީ ކައުންސިލް

Mar 25, 2014

ކުޅުދުއްފުށީ ކައުންސިލުން ކުރަން ނިންމާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި މުނިސިޕަލް ބައެއް ހިދުމަތްތައް އައުޓްސޯސް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކުޅުދުއްފުށީ އުތުރު ފަރާތުގެ ފަޅުތެރެ ސާފުކޮށްދޭނެ ބަޔަކާއި ކުޅުދުއްފުށީގައި މަސްވިއްކާ ސަރަހައްދު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.

“ރަށުގެ އުތުރު ފަރާތު ފަޅު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރާނެ. އައުޓް ސޯސްކޮށް މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ނިންމާފައިވަނީ.” އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން ރަށުގެ މަގުތަކުގައި އަނދާފައި ހުންނަ ހޮޅިބުރިތައް ބަދަލުކޮށް އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން މި މަސައްކަތްތައް ކުރާނޭ ފަރާތްތަކެއް ހޯދުމަށް އިއުލާނު ކުރައްވާނެ ކަމަށާއި ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހަަދައި، ލީގަލް ޕްރޮސެސްތައް ނިންމައި އެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާއިރު މި ވަގުތު އެންމެ އިސްކަމެއްދެނީ ކައުންސިލް އިދާރާގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355