twitterviber whatsapp telegramfacebookyoutube instagram
10th April 2026

މޯލްޑިވިއަންގެ ޕެސެންޖަރ ސޭލްސް އެޖެންޓަކަށް “ކުޅުދުއްފުށި އޮންލައިން”

Mar 25, 2014

ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންގެ އޮތޮރައިޒްޑް ޕެސެންޖަރ ސޭލްސް އެޖެންޓްކަން “ކުޅުދުއްފުށި އޮންލައިން” އަށް ލިބިއްޖެ އެވެ.

މޯލްޑިވިއަންގެ ޕަސެންޖަރ ސޭލްސް އެޖެންޓް އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން އާއި “ކުޅުދުއްފުށި އޮންލައިން” ސޮއިކޮށްފައިވަނީ މިއަދު އެވެ.

ކުޅުދުއްފުށި އޮންލައިންގެ ސީއީއޯ ބަދުރުއްދީން ޙަސަން މައުލޫމާތު ދެއްވި ގޮތުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަން އިން ދަތުރުކުރާ ކޮންމެ ޑެސްޓިނޭޝަންއަކަށް ވެސް ކުޅުދުއްފުށި އޮންލައިންއަށް ޓިކެޓް ވިއްކޭނެ އެވެ. އަދި ޓިކެޓު ވިއްކުމުގެ ހިދުމަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް “ކުޅުދުއްފުށި އޮންލައިން” މެނޭޖްމަންޓުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355