twitterviber whatsapp telegramfacebookyoutube instagram
28th September 2026

1435 ވަނަ އަހަރުގެ ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް އެބަދޭ

Mar 26, 2014

ކުޅުދުއްފުށީ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ 1435 ވަނަ އަހަރުގެ ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް އެބަދެ އެވެ.

މިމުބާރާތަކީ ނޭކުރެންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތުގައި ވާދަކުރާނެ ބައިވެރިން ހޮވުމުގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގުން ކިޔެވުމަށް ހިތްވަރުދިނުމުގެ ގޮތުން އަދި ކީރިތި ޤުރްއާން ކިޔެވުމުގެ އިލްމާއި ފަންނު ކުދިންގެ ހިތްތަކުގައި އާލާކުރުމުގެ މާތް މަގުސަދުގައި ބޭއްވޭ މުބާރާތެއް ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ދެގޮތްޕަކަށް ބަހާލައިގެން ބާއްވާ މިމުބާރާތުގައި ހަ އުމުރުފުރާއަކުން ދަރިވަރުން ވާދަ ކުރެ އެވެ. އެގޮތުން ބަލައިގެން ކިޔުމާއި ނުބަލާ ކިޔެވުމުގެ ގޮފިން 6 އަހަރުން ދަށް، 8 އަހަރުން ދަށް، 9 އަހަރުން ދަށް، 13 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުން ކުދިން މިމުބާރާތުގައި ބައިވެރިވެފައިވެ އެވެ.

ދެދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ކިޔެވުން މިއަދު ހަވީރު ނިމޭނެ އެވެ. އިއްޔެ ފެށިމިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްޙާފިޡް ސައްޔިދު ޚަލީޤުއްރަހުމާން، ޙުސައިން އަޙުމަދު ދާރުއްސަލާމް، އަބްދުއްސައްތާރު މުޙައްމަދު ޝާމިލް އަދި އާމިނަތު ޝިފާ ހަސަން ލަވްނެސްޓް އެވެ.

މިމުބާރާތުގައި ޖުމުލަ 79 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 44 ދަރިވަރުންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 35 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293