twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޑަ އަންހެން ކުއްޖަކަށް ބަރަހަނާ މަންޒަރު ދައްކައި ބަރަހަނާވި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

Mar 26, 2014

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ބަރަހަނާ މަންޒަރުތަކެއް ދައްކައި، އެކުއްޖާ ކުރިމަތީގައި އަމިއްލައަށް ބަރަހަނާވި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ، ދިލާސާގެ، ހަސަން އަލީ (40އ) އެވެ.

އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ އިތުރުކޮށްފައެވެ.

ބަރަހަނާ މަންޒަރުތަކެއް ދައްކައި، އެކުއްޖާ ކުރިމަތީގައި އަމިއްލައަށް ބަރަހަނާވި މީހާ ހައްޔަރުކޮށްފައިވަނީ ރޭ 21:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355