twitterviber whatsapp telegramfacebookyoutube instagram
9th September 2025

ކުޑަ ދެ އަންހެން ކުދިންނާއެކު ޖިންސީ އަމަލު ހިންގި ކުޅުދުއްފުށީ މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

Mar 26, 2014

ހަތް އަހަރުގެ ދެ އަންހެން ކުދިންނާ އެކި ދުވަސް މަތިން ޖިންސީ އަމަލު ހިންގަމުން ދިޔަ ކުޅުދުއްފުށީ މީހަކު 10 އަހަރަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ މުހައްމަދު ހުސައިން، (78) ކޮށީގޭގެ މައްޗަށެވެ.

ކުޅުދުއްފުށީ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކާ އޭނާ ޖިންސީ އަމަލު ހިންގާފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތަފާތު އެކި ދުވަސް މަތިން ކަމަށެވެ. އަދި އަނެއް ކުއްޖާއާ ޖިންސީ އަމަލު ހިންގާފައި ވަނީ ހަމަ އެއަހަރުގެ ކުރީކޮޅު ތަފާތު އެކި ދުވަސް މަތިން ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި އަދި އޭނާ ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އޭނާގެ ކުށް ސާބިތުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355