twitterviber whatsapp telegramfacebookyoutube instagram
13th February 2026

ނެއްލައިދޫން ގެއްލިގެން ހޯދަމުންދިޔަ އަންހެންމީހާ ފެނިއްޖެ

Mar 30, 2014

ހދ. ނެއްލައިދޫގައި ރޭ ގެއްލިގެން ހޯދި އުމުރުން ދުވަސްވީ އަންހެންމީހާ ފެނިއްޖެ އެވެ.

ރޭ ގެއްލިގެން ހޯދާފައިވަނީ އެރަށު ތަނޑިރަތްމާގެ މަރިޔަމް އަބޫބަކުރެވެ.

65  އަހަރުން މަތީގެ މި އަންހެންމީހާ ގެއްލިފައިވާ ކަން އެނގިފައިވަނީ ރޭ އިޝާ ނަމާދަށް ފަހުގައި އޭނާގެ މާމަ ދަރިއެއް އޭނާ ގޭގައި އަދި ހިސާބުގަނޑުގައިވެސް ނެތް ކަމަށް ކައުންސިލަށް އެންގުމުން ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އަދި ރޭ 8:30 ކަން ހާއިރު ރައްޔިތުން އެކި ގުރޫޕުތަކަށް ބަހާލައިގެން އޭނާ ހޯދުމަށް ކުރި  މަސައްކަތުން އޭނާ ފެނިފައިވަނީ ރޭ ގާތްގަނޑަކަށް 11:20 ހާއިރު އަންހެން މީހާ ދިރިއުޅޭ ގެއާ ކައިރި ގެއެއްގައި ހުއްޓައި ކަމަށެވެ.

ކައުންސިލުން ބުނީ އެ އަންހެން މީހާ އިޝާނަމާދަށް ފަހު ހިނގާލަން ގޮސްފައި އޮޅުމަކުން އެހެން ގެއަކަށް ވަދެވުނީ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355