twitterviber whatsapp telegramfacebookyoutube instagram
9th September 2025

“އޯޓިޒަމް އެވެއަރނެސް ޕްރޮޑަކްޓްސް” ކުޅުދުއްފުށީ ބައެއް ފިހާރަތަކުގައި ވިއްކަން ފަށައިފި

Mar 31, 2014

އޯޓިޒަމް އަށް މީހުން ހޭލުންތެރިކުރުވުމަށާއި އެފަދަ ހަރަކާތްތަކަށް ފަންޑު ހޯދުމަށް “އޯޓިޒަމް އެވެއާރނެސް ޕްރޮޑަކްޓްސް” ކުޅުދުއްފުށީ ބައެއް ފިހާރަތަކުގައި ވިއްކަން ފަށާފައިވާ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ވިއްކަން ފެށި ތަކެތި މިހާރު ކުޅުދުއްފުށީގެ ބައެއް ފިހާރަތަކުން ވިއްކަން ފަށާފައިވާއިރު އެ ޕްރޮޑަކްޓްސްތައް މިވަގުތު ލިބެން ހުންނާނީ “ސަފާޔާ”، “ފެހިދޫލަ” އަދި “ހެތުރު” ފިހާރައިން ކަމަށް އޯޓިޒަމް ހަފުތާ ފާހަގަކުރުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން މައުލޫމާތު ދެއެވެ.

އޯޓިޒަމް އެވެއާރނެސް ޕްރޮޑަކްޓްސްގެ ގޮތުގައި ވިއްކަނީ ބެޖާއި، ޕިން، ކާޑް ޗެއިން، ތަޅުދަނޑި ފޫ، ތޮފި، އަދި އަތުގައި އަޅާ ބޭންޑު ފަދަ ތަކެއްޗެވެ.

މި އަންނަ ބުދަ ދުވަހު ކުޅުދުއްފުށީގައި ފާހަގަކުރަން ފަށާ ދުނިޔޭގެ އޯޓިޒަމް ދުވަހުގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ގޮތުންނާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު އަދި އިމާދުއްދީން ސްކޫލުގެ ސެން ކުލާހުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހަރަދުކުރުމަށް މި ތަކެތި ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރެވޭނެ ކަމަށް އިވެންޓު އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއްވަ އެވެ.

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އަންނަ “ހޮނިހިރު ބާޒާރު” ގައިވެސް މިތަކެތި ވިއްކުމަށް ސްޓޯލެއް ބެހެއްޓުނު ނަމަވެސް އެ ސްޓޯލަށް މާބޮޑު ތަރުހީބެއް ލިބިފައިނުވާ ކަމަށްވެސް މި ހަރަކާތް ކުޅުދުއްފުށީގައި ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަޝީދު ސައީދު ވިދާޅުވި އެވެ.

މިހާތަނަށް އެތަކެތި ވިއްކައިގެން 7000ރ ލިބިފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ. އަދި އޯޓިޒަމް ކުދިންނަށް އެހީތެރިވެދިނުމަށް ވީހާވެސް ގިނަ ފަރާތްތަކުން މިތަކެތި ބައްލަވައިގަތުމަކީ އޯޓިޒަމް ޓާސްކް ފޯހުގައި އުޅޭ ހުރިހާ ފަރާތްތަކެއްގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ފަރާތުން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355