ކީރީތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވުމަށްޓަކައި، ކުޅުދުއްފުށީގައި ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ރަށުގައި ގާއިމުކުރެވޭ ޤުރުއާނާ ބެހޭ މަރުކަޒުން މާލޭގެ ޤުރުއާނާ ބޭހޭ މަރުކަޒުން ދޭ ހުރިހާ ހިދުމަތެއްހެން ދޭނެ ކަމަށެވެ. އެގޮތުން އިމާމުންނާއި މުދިމުން ތަމްރީނު ކުރާ ކޯސްތަކާއި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކޯސްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހިންގާ ކޯސްތަކުން ފީއެއް ނެގުމަށް ހަމަޖެހިފައިވީ ކަމުގައިވިޔަސް ތުއްތުކުދިންނަށް ހިލޭ ކިޔަވައިދިނުމުގެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެ ކުރިންވެސް އެ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއްް ހޯދުމަށް ކުރި އިއުލާނަށް، ދުވަސް ހަމަވި އިރުވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އަލުން އިއުލާނު ކުރީ ކަމަށް ކައުންސިލުން ބުންޏެވެ.
އެޕްރީލް މަހުގެ ތެރޭގައި މި މަރުކަޒު ހުޅުވަން މަސައްކަތްކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.