twitterviber whatsapp telegramfacebookyoutube instagram
19th May 2025

މާލޭގެ ގެއެއްގެ ތެރޭގައި ކުޅުދުއްފުށީ ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

Apr 1, 2014

މާލޭގެ ގެއެއްގެ ތެރޭގައި ކުޅުދުއްފުށީގެ ޒުވާނަކު މިއަދު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ހ. އަންނާރުމާގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ކުޅުދުއްފުށީ އާހަމަ، މުހައްމަދު ރަޝާދު އެވެ.

އޭނާގެ ބައްޕަ މިނޫހާ ވާހަކަދައްކަމުން ބުނީ ރިހެބްގައި ހުރި އޭނާގެ ދަރިފުޅު އިއްޔެ ހެނދުނު ނުވައެއް ޖަހާކަންހާއިރު ގެއަށް ފޮނުވާލާފައިވީ ނަމަވެސް އެކަން ރިހެބެލްއިން އާއިލާއަށް އަންގާފައިނުވާ ކަމަށެވެ.

“ސީދާ ވެގެން އުޅޭ ގޮތެއް އަޅުގަނޑަކަށް އަދި ނޭނގެ. އިއްޔެ ނުވައެއް ޖަހާއިރު ރިހެބްއިން އޭނާ ގެއަށް ފޮނުވާލާފައިވަނީ. އޭނަ ގެއަށް ފޮނުވާލިކަމެއް އާއިލާއަކަށް އަންގާފައެއް ނުވޭ.” މާލެ ދިއުމަށް މިވަގުތު ހަނިމާދޫ އެއާޕޯޓުގައި ހުރި އޭނާގެ ބައްޕަ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 24 އަހަރުގެ ދިވެއްސަކު ހ.އަންނާރު މާގޭތެރޭގައި މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:15ގައި ކަމަށެވެ. ނަމަވެސް އެމީހާ މަރުވާން ދިމާވި ސަބަބު އަދި އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އޮފިޝަލް ނުދެއްވަ އެވެ.

ކުޅުދުއްފުށީ އޮންލައިންއަށް އެނގިފައިވާގޮތުން އޭނާ މަރުވެފައިވަނީ އޯވާޑޯޒްވެގެންނެވެ. ނަމަވެސް އެކަން ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އޭނާގެ ހަށިގަނޑު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އައިޖީއެމްއެޗް އަށް ވަނީ ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355