twitterviber whatsapp telegramfacebookyoutube instagram
19th May 2025

ވައްކަމުގެ މައްސަލައެއްގައި ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ކުޅުދުއްފުށީ މީހަކު ހޯދަނީ

Apr 8, 2014

ވައްކަމުގެ މައްސަލައަކާ ގުޅިގެން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ކުޅުދުއްފުށީ މީހަކު ހޯދަން ފަށައިފި އެވެ.

މި މައްސަލައިގައި ކުޅުދުއްފުށީ ކޯޓުން ހުކުމް ކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ރެޑްފްލާވަރ، އަލީ ހުސައިން (25އ) އެވެ.

ފުލުހުން އެ މީހާ ހޯދަން ފަށާފައި މިވަނީ އޭނާގެ މައްޗަށް ހުކުމް ތަންފީޒު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އާއި ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމަށް ކަމަށް ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދެއެވެ.

ވައްކަމުގެ މައްސަލައަކާ ގުޅިގެން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަލީ ހުސައިންގެ ޣައިރު ޙާޟިރުގައި 2 އަހަރާއި 6 މަސްދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

އަލީ ހުސައިން އަކީ ފުލުހުން ބަލަމުންދާ އިތުރު މައްސަލައަކާ ގުޅިގެންވެސް ހޯދާ ނުފެނިފައިވާ މީހެކެވެ.

ފުލުހުން ބުނީ އަލީ ހުސައިންއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ނަންބަރު 6528851 އަށް ގުޅުއްވައި އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355