twitterviber whatsapp telegramfacebookyoutube instagram
10th April 2026

މިއަދަކީ ބައިނަލްއަގްވާމީ ޖައްވީ އުޅަނދު ދުވަސް

Apr 12, 2014

މިއަދަކީ 4 ވަނަ ބައިނަލްއަގްވާމީ ޖައްވީ އުޅަނދުގެ ދުވަހެވެ. 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އޭޕްރީލް 12 ވަނަ ދުވަސް ފާހަގަ ކުރަނީ ބައިނަލްއަގްވާމީ ޖައްވީ އުޅަނދު ދުވަހުގެ ގޮތުގައެވެ.

މި ދުވަސް ފާހަގަ ކުރަނީ އިންސާނުން ޖަައްވަށް ދަތުރުކުރި ކުރުމާ ގުޅުވައިގެންނެވެ. އަދި އިންސާނުންގެ ދިރިއުޅުމަށް ޖައްވީ ޢިލްމާ ބެހޭ މައުލޫމާތުތަކުގެ މުހިއްމު ކަމާއި މިކަމުން އިންސާނުންގެ ދިރިއުޅުމަށް ގެނެސްދީފައިވާ ކުރިއެރުންތައް އަންގައިދިނުމުގެ ގޮތުންނެވެ. މީގެ އިތުރުން ސުލްހަވެރި ބޭނުންތަކަށް ޖައްވީ މާހައުލު އިތުރަށް ދިރާސާ ކުރުން އިޝްތިހާރު ކުރުމުގެ ގޮތުންނެވެ.

ޖައްވީ އުޅަނދެއްގައި އެންމެ ފުރަތަމަ އިންސާނުން ޖައްވަށް ދަތުރު ކޮށްފައިވަނީ 12 އޭޕްރީލް 1961 ގައެވެ. މި އުޅަނދުގައި އެންމެ ފުރަތަމަ ޖައްވަށް ދަތުރުކުރި އިންސާނަކަށް ވެގެން ގޮސްފައިވަނީ ސޯވިއެޓް ޔޫނިއަން ނުވަތަ މިހާރުގެ ރަޝިޔާގެ ޔޫރީ ގާގެރިން އެވެ. އޭނާ ވަނީ ޖައްވުގައި 1 ގަޑި އިރާއި 48 މިނެޓް ހޭދަކޮށްފަ އެވެ.

މިހާތަނަށް ޖައްވަށް އެންމެ ގިނައިން އިންސާނުން ފޮނުވާފައި ވަނީ އެމެރިކާ އިންނެވެ. އެއީ 170 މީހުން ފޮނުވައިގެން ނެވެ. މި ލިސްޓްގެ ދެވަނާގައި ރަޝިޔާ 126 މީހުން ފޮނުވައިގެން އުޅޭއިރު 3 ވަނާގައި އުޅެނީ ޗައިނާ އެވެ. އެއީ 5 މީހުން ފޮނުވައިގެން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355