twitterviber whatsapp telegramfacebookyoutube instagram
4th November 2025

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިވި ފަރާތްތަކަށް އާރުއެފްޕީ ދޫކޮށްފި

Apr 14, 2014

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އަޅާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ކުރި އިއުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކުރި ފަރާތަކަށް ރިކުއެސްޓް ފޮރ ޕްރޮޕޯސަލް (އާރުއެފްޕީ) ދޫކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ސާމީ އަގީލް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅާނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން އެކަމަށް އެދި ޝައުގުވެރިކަން ފާޅުކުރި 4 ފަރާތުން ޝަރުތު ހަމަވެފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން ޕްރޮޕޯސަލް ހުޅަހެޅުމުގެ ދައުވަތު ކަރުދާސް ނުވަތަ ރިކުއެސްޓް ފޮރ ޕްރޮޕޯސަލް ފޮނުވާފައި ވާކަމަށާއި ތިން ހަފްތާގެ ތެރޭގައި ބީލަން ހުށަހެޅުމަށް އެފަރާތްތަކަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެމްޓީސީސީ އާއި ބޭރުގެ ތިން ކުންފުންޏެކެވެ. އޭގެ ތެރޭގައި ކުވެއިތާއި ސްރީލަންކާގެ ކުންފުންޏެއް އަދި ޑެންމާކްގެ ކުންފުންޏެއް ހިމެނެ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ނިންމާފައިވަނީ ރަށުގެ އުތުރުކޮޅުގައިވާ ކުޅީގެ ބައެއް ހިއްކައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355