twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކޯޓު އަމުރާ ދެކޮޅަށް ފަސް އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ފިލި ބައްޕަ ހޯދަނީ

Apr 14, 2014

ކޯޓު އަމުރާ ދެކޮޅަށް ފަސް އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ފިލައިގެން އުޅޭ ބައްޕަ ހޯދަން ފަށައިފި އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމަށްޓަކައި ހޯދަމުންދަނީ ހއ. ފިއްލަދޫ، ހުދުފަޅު، ޙުސައިން ތަޙްސީން އެވެ.

އެ ކުއްޖާއަކީ ކުޅުދުއްފުށީގެ ޕްރީ ސްކޫލެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. އެ ކުއްޖާގެ ހަޟާނާތުގެ މައްސަލަ ނިމެންދެން އެ ކުއްޖާގެ މަންމައާ ހަވާލުކުރުމަށް ކޯޓުން ކޮށްފައިވާ ވަގުތީ އަމުރާ ދެކޮޅަށް އޭނާގެ ދަރިފުޅު ގޮވައިގެން ފިލާފައިވަނީ ފިހާރައަކަށް ގޮސް އަންނާނެ ކަމަށް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ވަނީ ހއ. ފިއްލަދޫ އަށް ގެންގޮސްފައެވެ.

ތަޙްސީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ނަންބަރު 6528851 އަށް ނުވަތަ 9791382 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތުތައް ހިއްސާކުރެއްވުމަށް އެފަރާތަކުން އެދިލައްވަ އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ޙުސައިން ތަޙްސީންއަކީ މަކަރާއި ހީލަތް ހަދައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވާ މައްސަލައެއްގެ ރެކޯޑާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްގެ އޮންނަ ފަރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355