twitterviber whatsapp telegramfacebookyoutube instagram
7th July 2025

ފަސް އަހަރުގެ ދަރިފުޅު ދަރިފުޅު މަންމައާ ހަވާލުކޮށްފި

Apr 15, 2014

ކުޅުދުއްފުށީ ކޯޓުން ކޮށްފައިވާ އަމުރާ ދެކޮޅަށް ފަސް އަހަރުގެ ދަރިފުޅު ގޮވައިގެން ފިލި ބައްޕަ އަމިއްލައަށް ފުލުހުންނާ ހަވާލުވެ، ދަރިފުޅު މަންމައާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒުކުރުމަށް ހޯދަމުން އަންނަ ހއ. ފިއްލަދޫ، ހުދުފަޅު، ހުސައިން ތަހްސީން ފުލުހުންގެ މައި މަރުކަޒަށް ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހާޒިރުވެފައިވާ ކަމަށެވެ.

އަދި އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ފަސް އަހަރުގެ އެ ކުއްޖާ އެކުއްޖާގެ މަންމައާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފަސް އަހަރުގެ އެ ކުއްޖާއަކީ ކުޅުދުއްފުށީގެ ޕްރީ ސްކޫލެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.

ކުޅުދުއްފުށީ ކޯޓުގައި ހިނގަމުންދާ ހަޟާނާތުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ފަސް އަހަރުގެ އެ ކުއްޖާ އެކުއްޖާގެ މަންމައާ ހަވާލުކުރުމަށް ކޮށްފައިވާ ވަގުތީ އަމުރާ ހިލާފުވެ، އެކުއްޖާގެ ބައްޕަ އެކުއްޖާ ގޮވައިގެން ފިލާފައިވަނީ ފިހާރައަކަށް ދަނީ ކަމަށް ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355