twitterviber whatsapp telegramfacebookyoutube instagram
10th April 2026

އީއައިއޭ ރިޕޯޓު ނުހަދާތީ ހަނިމާދޫގައި ހަދަމުންދާ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓާލުމަށް އީޕީއޭއިން އަންގައިފި

Apr 16, 2014

އީއައިއޭ ރިޕޯޓު ނުހަދާތީ ހަނިމާދޫގައި ހަދަމުންދާ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓާލުމަށް އެމަސައްކަތް ކުރަމުން އަންނަ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑަށް އީޕީއޭއިން އަންގައިފި އެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު މުސްތަފާ މިނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އައިލެންޑު އެކްސްޕާޓުން ހަނިމާދޫ އުތުރު ކޮޅުގައި އިމާރާތްކުރަމުން އަންނަ ސިޓީ ހޮޓަލުގެ މަސައްކަތުގެ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓު (އީއައިއޭ) ރިޕޯޓު ހަދާފައި ނުވާތީ އެމަސައްކަތް ހުއްޓާލުމަށް އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން ހިނގާފައިވާ ގޮތުގެ ރިޕޯޓު ހަތް ދުވަހުގެ ތެރޭގައި އެންވަޔަރުމެންޓު ޕްރޮޓެކްޝަން އޭޖެންސީއަށް ހުށަހެޅުމަށް އެމަސައްކަތް ކުރަމުންދާ ކުންފުންޏަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖޭގައި ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް އެކުންފުނިން އެމަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެއޭޖެންސީއަށް މީގެ ކުރިންވެސް ލިބިފައިވާތީ އެސަރަހައްދުގައި ކުރަމުންދާ މަސައްކަތުގެ ތަފްސީލު ހުށަހެޅުމަށް އެކުންފުންޏަށް އަންގާފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހދ. ހަނިމާދޫ ކްލައިމެޓް އޮބްޒަވޭޓަރީ ހިމެނޭ ސަރަހައްދުގައި 120 އެނދުގެ ހޮޓަލެއް ތަރައްގީ ކުރުމަށް 50 އަހަރަށް އައިލެންޑް އެކްސްޕާޓަށް ވަނީ ކުއްޔަށް ދޫކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355