twitterviber whatsapp telegramfacebookyoutube instagram
13th February 2026

މެޓާނިޓީ ވެއިޓިން ހޯމްގެ މަސައްކަތް ޖުލައި މަސް ތެރޭގައި ނިންމާލެވޭ ވަރުވާނެ: ކޮންޓްރެކްޓަރ

Apr 17, 2014

މާބަނޑު މީހުން ބޭތިބުމަށް ހދ.ކުޅުދުއްފުށީގައި އިމާރާތް ކުރަމުންދާ މެޓާނިޓީ ވެއިޓިން ހޯމްގެ މަސައްކަތް ޖުލައި މަސް ތެރޭގައި ނިންމާލެވޭ ވަރުވާނެ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ޔޫމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ޔުމާންގެ ސައިޓު މެނޭޖަރ ހުސެއިން އަލީ “ކުޅުދުއްފުށީ އޮންލައިނާ” ވާހަކަ ދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީގައި އިމާރާތް ކުރަމުންދާ މެޓާނިޓީ ވެއިޓިން ހޯމްގެ ސިމެންތީގެ މަސައްކަތުގެ 90 އިންސަތައިގެ މަސައްކަތް ނިންމިފައިވާ ކަމަށާއި މެޓާނިޓީ ހޯމްގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭ ވަރު ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އިމާރާތް ހިޔާ ކުރުމަށް ބޭނުންވާ ޓިނު ކުޅުދުއްފުއްޓަށް ގެނެވޭނެ ކަމަށާއި ޓިނު ގެނައުމުން ހިޔާ ކުރުމުގެ މަސައްކަތް ފެށޭނެ އެވެ. އަދި އިމާރާތަށް ބޭނުންވާ ލަކުޑި މިހާރު ހުރީ ކުޅުދުއްފުއްޓަށް ގެނެސްފައި ކަމަށާއި ލަކުޑީގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ހުސެއިން އަލީ ވިދާޅުވި އެވެ.

9.1 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާ ދެ ބުރީގެ އިމާރާތުގައި 13 ކޮޓަރި އާއި ކެފޭއަކާއި ފެމެލީ ވެއިޓިން އޭރިއާއެއް ހިމެނޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355