twitterviber whatsapp telegramfacebookyoutube instagram
28th September 2026

130 ބައިވެރިންނާއެކު ހދ އަތޮޅު ގުރުއާން މުބާރާތް ނޭކުރަންދޫގައި ފަށައިފި

Apr 18, 2014

ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތް އިއްޔެ ނޭކުރެންދޫގައި ފަށައިފި އެވެ.

ހދ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތުގައި އަތޮޅުގެ 11 ރަށެއްގެ 17 ސްކޫލަކާއި 2 ގުރުއާން ކުލާހަކުން ޖުމްލަ 130 ދަރިވަރުން ވާދަކުރެ އެވެ.

މިމަހުގެ 17 އިން 19 އަށް ކުރިއަށްދާ މިމުބާރާތުގައި ބަލައިގެން ކިޔަވާ ގޮފިން 87 ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާ އިރު ނުބަލާ ކިޔަވާ ގޮފިން 43 ދަރިވަރަކު ކިޔެވުމަށް ހަމަޖެހިފަވާ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެ އެވެ.

ހދ.ނޭކުރެންދޫ ސްކޫލުގެ ހޯލްގައި ކުރިއަށްދާ މިމުބާރާތުގައި ބައިވެރިނުވަނީ ފިނެ އާއި ހިރިމަރަދޫ އެކަންޏެވެ.

މިމުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތުން ހޮވާލެވޭ އެންމެ މޮޅު 15 ދަރިވަރަކު މިއަހަރު އޮންނަ ރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ހޮވާ 15 ދަރިވަރުންގެ ތެރޭގައި ހިމެނޭނީ ނުބަލާ ކިޔަވާ ގޮފިން 7 ދަރިވަރުންނާއި ބައިލައިގެން ކިޔަވާ ގޮފިން 8 ދަރިވަރެކެވެ.

މިމުބާރާތަކީ 2011 ވަނަ އަހަރުން ފެށިގެން އަތޮޅު ފެންވަރުގަ ބާއްވަމުން އަންނަ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293