twitterviber whatsapp telegramfacebookyoutube instagram
22nd November 2019

ލިވަޕޫލް އާއި އާސެނަލް މޮޅުވިއިރު ޔުނައިޓެޑް ބަލިވެއްޖެ

Apr 21, 2014

ރޭ ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގައި ލިވަޕޫލް އާއި އާސެނަލް މޮޅުވި އިރު މެންޗެސްޓަރ ޔުނައިޓެޑް އަނެއްކާވެސް ބަލިވެއްޖެ އެވެ.

ލިވަޕޫލް ރޭ ޖެހިޖެހިގެން 10 ވަނަ މެޗުން މޮޅުވީ ނޯވިޗް 3-2 އިން ބަލިކުރުމަށް ފަހު އެވެ. އަދި އާސެނަލް އިން 3-0 އިން ހަލްސިޓީ ބަލިކުރި އިރު މެންޗެސްޓަރ ޔުނައިޓެޑް ވަނީ އެވަޓަން އަތުން 2-0 އިން ބަލިވެ މި ސީޒަނުގައި ބަލިވި މެޗުގެ އަދަދު 11 އަށް އަރާފަ އެވެ.

ރޭ ލިވަޕޫލް އިން މެޗުގެ 4 ވަނަ މިނެޓްގައި ވަނީ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޒުވާން މިޑްފީލްޑަރ ރަހީމް ސްޓާލިން އެވެ. އަދި އޭގެ 5 މިނެޓް ފަހުން ސްޓާލިން ގެ އެހީއާ އެކު ސުއަރޭޒް ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ނޯވިޗް ގެ ގެރީ ކޫޕަރ ލަނޑެއް ކާމިޔާބު ކޮށްދިން ނަމަވެސް ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު ސްޓާލިން ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް 77 ވަނަ މިނެޓްގައި ނޯވިޗްގެ ސޮނޮޖްގުރާސް ލަނޑެއް ޖަހާ ލިވަޕޫލްގެ ގޯލަށް ޕްރެޝަރު ކުރަމުން ދިޔަ އެވެ. އެހެން ނަމަވެސް ލިވަޕޫލް އިން ވަނީ ލީޑު ހިފަހައްޓާފަ އެވެ.

ލީގުގައި ބާކީ 3 މެޗް އޮތްއިރު ލިވަޕޫލް އޮތީ 80 ޕޮއިންޓާއެކު އެއްވަނައިގަ އެވެ. ދެވަނާގައި ޗެލްސީ 75 ޕޮއިންޓާ އެކު އޮތްއިރު ބާކީ 5 މެޗް ކުޅެން އޮތް މެންޗެސްޓަރ ސިޓީ އޮތީ 71 ޕޮއިންޓާއެކު 3 ވަނައިގަ އެވެ. އަދި އާސެނަލް 70 ޕޮއިންޓާއެކު 4 ވަނަ ދެމެހެއްޓިއިރު އެވަޓަންވެސް ވަނީ 69 ޕޮއިންޓާއެކު 5 ވަނަ ދަމަހައްޓާފަ އެވެ. ލީގުގައި 22 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ގަދަ ތިނަކަށް ނާރާ އޮތް ޔުނައިޓެޑް އޮތީ 57 ޕޮއިންޓާއެކު 7 ވަނައިގަ އެވެ.

ލީގުގައި މިރޭ 0000 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ މެންޗެސްޓަރ ސިޓީ އަދި ވެސްޓް ބްރޮމް އެވެ.

ރޭ ސްޕެއިންގެ ލަ ލީގާގައި ބާސެލޯނާ ވަނީ ލިއޮނަލް މެސީ އަދި ޕެޑްރޯ ޖަހައިދިން 2 ލަނޑާ އެކު އެތުލެޓިކޯ ބިލްބާއޯ ގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355