twitterviber whatsapp telegramfacebookyoutube instagram
9th September 2025

އުރީދޫގެ ސީއީއޯގެ މަގާމަށް ވިކްރަމް ސިންހަ އައްޔަންކޮށްފި

Apr 21, 2014

އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ވިކްރަމް ސިންހަ އައްޔަންކޮށްފި އެވެ.

އިއްޔެ އުރީދޫ މޯލްޑިވްސްއިން ވަނީ ވިކްރަމް ސީއީއޯގެ މަގާމަށް އައްޔަން ކުރިކަން އިއުލާނުކޮށްފަ އެވެ.

ވިކްރަމް ސިންހަ އަކީ އިންޓަނޭޝަނަލް މެނޭޖްމެންޓް އިން ޕޯސްޓްގްރެޖުއޭޓް އަދި ބިޒްނަސް މެނޭޖްމެންޓުން ބެޗްލާރސް ހޯއްދަވާފައިވާ ބޭފުޅެކެވެ.

އޭނާވަނީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ހޯއްދަވާފަ އެވެ. އެކި މާކެޓްތަކުގައި މަސައްކަތް ކުރައްވާފައިވާ ވިކްރަމް އެންމެ ފަހުން ފުރުއްވާފައިވަނީ ޝީސެލްޝްގެ ބާރުތީ އެއާޓެލް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ.

މީގެ އިތުރުން އޭނާވަނީ ކޮކާ ކޯލާ އިންޑިއާ އަދި ސްޓާ އިންޑިއާ ޕްރައިވެޓް ލިމިޓެޑަށް ގިނަ އަހަރުތަކެއް ވަންދަން މަސައްކަތްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355