twitterviber whatsapp telegramfacebookyoutube instagram
10th April 2026

ބިއްލޫރި ފުޅިއެއް ގޮއްވާލަން އުޅުމުގެ ތެރޭގައި އަތުތެރެއަށް ފުޅި ގޮވައި ދެ ޒުވާނަކު ޒަހަމްވެއްޖެ

Apr 26, 2014

ބިއްލޫރި ފުޅިއެއް ގޮއްވާލަން އުޅުނު 2 ޒުވާނަކު ޒަހަމްވެއްޖެ އެވެ.

މިރޭ އިރާކޮޅު ކުޅުދުއްފުށީގައި ހިނގި މިހާދިސާގައި ޒަހަމްވެފައިވަނީ ކުޅުދުއްފުށި، ދިޔަނަ އަހުމަދު އިބްރާހީމާއި ސެޓްލައިޓް، އަހުމަދު އާދަމެވެ.

މި ހާދިސާ ހިނގީ، “ފުޅި ގޮއްވަން” އުޅުމުގެ ތެރޭގައި ގޮވާޒާތުގެ އެއްޗެހި އަޅާފައިހުރި ފުޅި އަތުގައި އޮއްވާ ގޮވައި އެ ފުޅީގެ މުށިކޮޅުތައް ގަޔަށް ހެރުމުގެ ސަބަބުންނެވެ.

“އެ ދެ ޒުވާނުން ވެސް އުޅުނީ މަޖަލަށް ފުޅި ގޮއްވަން. އެގޮތުން ފާހަނާ ސާފު ކުރާ ކެމިކަލެއް އެނާރޖީ ހުސްކުރި ފުޅިއެއް ކަމަށްވާ “ބާން” ފުޅި އަކަށް އަޅާ ގޮއްވާލަން އުޅުމުގެ ތެރޭގައި ފުޅި އަތުން ދޫނުވަނީސް ގޮވައި މުށިތައް ގަޔަށް ހެރުނީ” އެ ހާދިސާއާ ބެހޭ މައުލޫމާތު މި ނޫހަށް ހިއްސާކުރި ފަރާތުން ބުންޏެވެ.

މިހާދިސާގައި އެއް ޒުވާނެއްގެ ކަރު ކަފައިގެން ގޮސްފައިވާއިރު އެކަކުގެ މެޔަށް ފުޅީގެ މުށިތައް ހެރިފައި ހުއްޓެވެ. އަދި ހަށިގަނޑުގެ އެކި ހިސާބަށް މުށިތައް ވަނުމުގެ ސަބަބުން ގިނަ ޒަހަމް ތަކެއް ވެފައިވާ ކަމަށް މަންޒަރުދުށް ބައެއް ފަރާތްތަކުން މައުލޫމާތުދެ އެވެ.

ކޯކު ހުސްކުރި ޕްލާސްޓިކް ކުދި ފުޅިއަށް ކެމިކަލް އަޅައި ގޮއްވުމަކީ ކުޅުދުއްފުށީގައި ވަރަށް އާއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355