twitterviber whatsapp telegramfacebookyoutube instagram
1st June 2026

މޫސުން ގޯސްވުމުގެ ސަބަބުން އެމްއެންޑީއެފުން ކުޅުދުއްފުށީގައި ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު ކެންސަލު ކޮށްފި

Apr 29, 2014

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުޅުދުއްފުށީގައި ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފި އެވެ.

އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން ކެޕްޓަން އަލީ އިހްސާން ކުޅުދުއްފުށީ އޮންލައިނަށް ވިދާޅުވީ ސިފައިން އިންތިޒާމުކޮށްގެން މިއަދު ހަވީރު ކުޅުދުއްފުށީގައި ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު ވިއްސާރަވުމުގެ ސަބަބުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

މިހަރަކާތް ފަހުން ބާއްވާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުއްޓަށް މޫސުން ގޯސްވެ ވިއްސާރަ ވެހެން ފަށާފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާކަންހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355