twitterviber whatsapp telegramfacebookyoutube instagram
14th May 2025

ނޮޅިވަރަމް ކަނޑިންމައިގެ ފައިކައްޓަށް ކަންނެލިި އޮޑިއެއް އަރާ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

May 2, 2014

ހދ. ނޮޅިވަރަމް ކަނޑިންމައިގެ އުތުރު ފައިކައްޓަށް ކަންނެލި އޮޑިއެއް އަރާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު ހެނދުނު 6:30 ހާއިރު ހިނގި މިހާދިސާ ހިނގާފައިވަނީ އެއޮޑީގައި މަސައްކަތް ކުރާ ނޮޅިވަރަމް މީހަކު ބަލައި ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގަ އެވެ. އަދި ނޮޅިވަރަމް ކަނޑިންމައިގެ ފައިކައްޓަށް އަރާފައިވަނީ ފުރެޝް ކޮމްޕެނީގެ 80 ވަރަކަށް ފޫޓުގެ ކަންނެލި އޮޑިއެއް ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ އަބުދުއްރަހީމް ހުސެއިން ވިދާޅުވީ މިއަދު ހެނދުނު ނެރު ފައިކައްޓަށް އެރި ކަންނެލި އޮޑި އަދިވެސް ފުންކުރެވިފައިނުވާ ކަމަށާއި އޮޑި ފުންކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ސިފައިން ކުރަމުންދާ ކަމަށެވެ.

“ތިލަތާކު އޮތީމަ ފެނުން މައްޗަށް ފެންނަން އެއޮތީ. އޮޑި ވަނީ ފޫގޮސްފަ. ފަޅައިގެން ގޮސް އަދިވެސް ބޮޑެތި ގެއްލުން ތަކެއްވެފައި.” އޮޑިއަށް ލިބިފައިވާ ބައެއް ގެއްލުންތައް ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަންނެލި އޮޑި ފަރަށް އެރިއިރު 2 ފޮށި ކަންނެލި ހުރިކަމަށާއި މިހާރު ބައެއް ކަންނެލި ހަލާކުވެފައިވާއިރު އިތުރު ކަންނެލި އެކުންފުނީގެ އެހެން އޮޑިއަކަށް ނަގާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ނޮޅިވަރަމް ކަނޑިންމައިގެ އުތުރު ފައިކައްޓަށް އޮޑި ފަހަރު އަރާ އެކިވަރުގެ ހާދިސާތައް ހިނގާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355