ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ވޭތުވެދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު “ގަދަ ދިހައެއް” ގައި 11 ދަރިވަރަކު ހިމެނިއްޖެ އެވެ.
ހދ. އޭއީސީގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު 10 ދަރިވަރުންނަކީ އިޒްކާ މުހައްމަދާއި އިފާޔަތު އިބްރާހީމާއި ފާތިމަތު އީމާން މުހައްމަދާއި އަހުމަދު ސާމީ އަބޫބަކުރު އަދި އައިމިނަތު އަބްދުއްރަޝީދާއި މުހައްމަދު ޒިދާން އަބްދުﷲ އާއި ނުހާ މުހައްމަދުގެ އިތުރުން ނޮޅިވަރަންފަރު، ޔުމްނާ މުހައްމަދާއި ހަމަ އެރަށު ނަޝްފާ އާދަމާއި ވައިކަރަދޫ މުހައްމަދު އިނާން އަހުމަދާއި ހއ.ބާރަށް، މަރިޔަމް ސަދާ ޝައުދަދް އަހުމަދެވެ.
މީގެ އިތުރުން 2013 ވަނަ އަހަރުގެ ފާހަގަ ކޮށްލެވޭ މަގާމުތައް ލިބިފައިވާ ދަރިވަރުންނަށް ބަލައިލާއިރު ލިޓިލް މެއިޑް ވިތް ބެސްޓް އެކަޑަމިކް ޕަރފޯމަންސް ވަނީ 3 ދަރިވަރަކު ހޯދައިފަ އެވެ. އެއީ ގުރޭޑް 4 ގެ އައިޝަތު އަބުދުލް ރަހްމާނާއި މައިޝާ އަބުދުލް މުހުސިނާއި ގުރޭޑް 5 ގެ އަޒުލީނާ އަލީ އެވެ.
ކަބްސްކައުޓް ބެސްޓް އެކްޑަމިކް ޕަފޯމަންސް ހޯދައިވަނީ ގުރޭޑް 4 ގެ މުހައްމަދު އައިމަން އާއި ގުރޭޑް 5 ގެ އާދަމް އާތިފް މުހައްމަދެވެ.
ސްކައުޓް ވިތް ބެސްޓް އެކްޑަމިކް ޕަރފޯމަންސް ހޯދާފައިވަނީ ގުރޭޑް 6 ގެ އަހުމަދު އާދަމާއި ގުރޭޑް 7 ގެ އަހުމަދު އާތިފް މުހައްމަދެވެ.
މިދިޔަ އަހަރުގެ ބެސްޓް އޯލް ރައުންޑް ކަބްސްކައުޓަކަށް ހޮވިފައިވަނީ އުމަރު އާހިލް އިބުރާހީމެވެ. އަދި ބެސްޓު އޯލް ރައުންޑް ލިޓިލް މެއިޑްކަން އައިޝަތު އަފާފް އަލީ ހޯދާފައިވާއިރު ބެސްޓް އޯލް ރައުންޑް ސްކައުޓަކަށް ހޮވިފައިވަނީ އަސަދު އާދަމެވެ. މިދިޔަ އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ހައުސްއަކަށް ހޮވިފައިވަނީ ޕުލޫޓޯ ހައުސެވެ.
ޖަލާލުއްދީން ސްކޫލު ހޯލްގައި ރޭ ކުރިއަށް ދިޔަ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އެސްކޫލުގެ 88 ދަރިވަރަކު ވަނީ އިނާމް ހާސިލް ކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް ޝަރަފުވެރިކޮށްދިން މިޖަލްސާގައި ސްކޫލްގެ ޓީޗަރުންގެ ތެރެއިން 100 ޕަސެންޓް ހާޒިރީ ހޯއްދަވައިގެން 4 ޓީޗަރަކު ވަނީ ސެޓްފިކެޓް ހާސިލް ކޮށްފަ އެވެ.
މިޖަލްސާ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދާއި އަތޮޅު ކައުންސިލުގެ ނައިބު އަހުމަދު އާތިފްގެ އިތުރު ގައުމީ ޔުނިވަރސިޓީ ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖަރ އިބްރާހީމް މުހައްމަދާއި، ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އާއި ލާލޭ އިންޓަރނޭޝަން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ މަރިޔަމް ޙިލްމީ ބައިވެރިވެވަޑައިގެންނެވި އެވެ.