twitterviber whatsapp telegramfacebookyoutube instagram
8th July 2025

ހއ. އަތޮޅު ކައުންސިލްގެ އައު ރައީސަކަށް އިހަވަންދޫ ދާއިރާގެ ކައުންސިލަރު އިންތިހާބުކޮށްފި

May 6, 2014

ހއ. އަތޮޅު ކައުންސިލުގެ އައު ރައީސަކަށް އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލަރު މުހައްމަދު ރަޝީދު އެކައުންސިލުގެ އިއްތިފާގުން އިންތިހާބު ކޮށްފި އެވެ

އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލުގެ ގޮނޑި ފުރުވަމުންގެންދަވާ މުހައްމަދު ރަޝީދު އެ މަގާމަށް އިންތިހާބުވީ އައު ރައީސަކު އިންތިހާބު ކުރުމަށް އިއްޔެ އެކައުންސިލުގައި ބޭއްވި ޖަލްސާގައި ބައިވެރިވި 7 މެންބަރުންގެ އިއްތިފާގުންނެވެ. އެޖަލްސާގައި ބައިވެރިވެފައިވަނީ އެމްޑީޕީގެ 4 ކައުންސިލަރަކާއި ޕީޕީއެމްގެ 3 ކައުންސިލަރެކެވެ.

އައު ރައީސަކު އިންތިހާބު ކޮށްފައި މިވަނީ ކުރިން އެ ކައުންސިލުގެ ރައީސްގެ މަގާމުގައި ހުންނެވި ޕީޕީއެމްގެ ކައުންސިލަރު މޫސާ ލަތީފް އެ މަގާމުން އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމުންނެވެ. މުސާ ލަތީފް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ ކައުންސިލުގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ގޮވާލައި އެ ކައުންސިލުގެ 6 މެންބަރަކު ސޮއިކުރައްވާ ސިޓީއެއް ހުށަހަޅާފައި ވަނިކޮށްކަން ފާހަގަ ކުރެވެ އެވެ.

ހއ. އަތޮޅު ކައުންސިލްގައި ތިއްބަވަނީ 10 ކައުންސިލަރުންނެވެ. އެއީ އެމްޑީޕީގެ ފަސް ކައުންސިލަރުންނާއި ޕީޕީއެމްގެ ހަތަރު ކައުންސިލަރުންގެ އިތުރުން އެމްޑީއޭގެ ޓިކެޓްގައި އިންތިހާބުވެފައިވާ ކައުންސިލަރެކެވެ.

މުހައްމަދު ރަޝީދަކީ އިންތިގާލީ މަރުހަލާގައި އިހަވަންދޫގެ ކައުންސިލަރުގެ އިތުރުން ފުރަތަމަ ދައުރުގައި ހއ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355