twitterviber whatsapp telegramfacebookyoutube instagram
28th September 2026

ހދ. އަތޮޅު ކައުންސިލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

May 6, 2014

ހދ. އަތޮޅު ކައުންސިލުގެ 22 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެކައުންސިލުން ބުނެފި އެވެ.

އަތޮޅު ކައުންސިލުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހެނދުނުވަނީ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު އަދި ނާއިބު ރައީސް އަހުމަދު އާތިފްވަނީ ކޭކު ފަޅުއްވާ ދެއްވާފަ އެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ އެއިދާރާގައި ޑިނާ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޑިނާ ނައިޓުގައި ބޮޑުބެރާއި އެހެނިހެން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެއިދާރާއިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން މިއަންނަ ހުކުރު ދުވަހުވަނީ ކައުންސިލަރުންނާއި އަތޮޅު ކައުންސިލުގެ އިދާރީ މުވައްޒަފުންނާ ދެމެދު ފުޓުބޯޅަމެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ. އަދި އިދާރާގެ އަންހެން މުވައްޒަފުންނާއި ރަށު ކައުންސިލުގެ މުވައްޒަފުންވެސް ވަނީ ފުޓުބޯޅަ މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ

ސަރުކާރުން ތިލަދުންމަތި ދެބައިކުރުމަށްފަހު ހދ. ގެ ފުރަތަމަ އަތޮޅުވެރިޔާގެ މަގާމު ފުރުއްވާފައިވަނީ ހެންވޭރު ގޯނބިލިގަސްދޮށުގޭ އަލްމަރުހޫމު އަލީ ކަލޭގެފާނު ކުޑަތުއްތު އެވެ.

އެންމެ ފުރަތަމަ ހދ. އަތޮޅު ވެރިކަން ކުރަމުން އައިސްފައިވަނީ ނޮޅިވަރަންފަރުގަ އެވެ. ކުޅުދުއްފުއްޓަށް ވެރިކަން ބަދަލު ކޮށްަފައިވަނީ 1992 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293