twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ.އޭއީސީގައި އޭތިމީތި ސޭލެއް ބާއްވާ ބައިލައްކައަށް ވުރެ ގިނަ ފައިސާ ހޯދައިފި

May 10, 2014

އާލިމް ހުސައިން

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކާބޯތަކެތި އަދި އޭތިމީތި ސޭލެއް ބާއްވާ 60813 ރުފިޔާ ހޯދައިފި އެވެ.

އެސްކޫލްގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އިއްޔެ މެންދުރުފަހު 2:00 ން 5:30 ށް އެސްކޫލްގައި ބޭއްވި މިމައުރަޒުގައި 11 ސްޓޯލެއް ހުއްޓެވެ.

ޕީޓީއޭ އިން އިންތިޒާމްކޮށްގެން ބޭއްވި މި މައުރަޒަކީ އެ ސުކޫލުން ހިންގާ އިތުރު ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ބޭއްވި މައުރަޒެއްކަމަށް އެ ސްކޫލުން ބުނެއެވެ.

ކާބޯތަކެއްޗާއި އަންނައުނު އަދި ތަފާތު ސާމާނު ގަންނަން ލިބެންހުރި މި މައުރަޒަށް ގިނަ އަދެދެއްގެ ބަޔަކު ޒިޔާރަތްކޮށްފައިވެއެވެ.

މި 11 ސްޓޯލް ހުޅުވައިދެއްވީ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަޙުމަދު އާތިފް އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަތޮޅު ކައުންސިލުގެ މެންބަރު އަބުދުއްﷲ މުހައްމަދާއި ކުޅުދުއްފުށީ ދެކުނުދާއިރާގެ އަތޮޅު ކައުންސިލު މެންބަރު އަބުދުއްލަތީފް ހަސަންގެ އިތުރުން ނޮޅިވަރަމް ދާއިރާގެ އަތޮޅު ކައުންސިލު މެންބަރު އަހުމަދު އިބުރާހިމާއި ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަނާއި ކައުންސިލު މެންބަރު އައިމިނަތު މަޖީދާއި ކައުންސިލު މެންބަރު އިބުރާހިމް ރަސީދާއި ކައުންސިލް މެންބަރު އަލީ ހާސިމާއި ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އިބްރާހިމް މުހައްމަދާއި ދިރާގުގެ މުހައްމަދު އަލީ އަދި ސާދުނާ މުހައްމަދެވެ.

[yass cats=70]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355