twitterviber whatsapp telegramfacebookyoutube instagram
25th April 2024

އައިލެންޑާސް ކަޕްގައި ކުޅުދުއްފުށި ވާދަކުރަން ޖެހެނީ ވިލުފުށި، ވާދޫ އަދި ގަމާދެކޮޅަށް

May 10, 2014

އަތޮޅު ތެރޭގެ ރަށްތަކުން ބައިވެރިވާ އައިލެންޑާސް ކަޕް 2014 ކުޅުދުއްފުށީ ޓީމު ތ. ވިލުފުއްޓާއި، ލ.ގަން އަދި ގދ.. ވާދޫ އާ ބައްދަލު ކުރަން ޖެހިއްޖެ އެވެ.

މޭ މަހުގެ 14-28 އަށް މާލޭގައި ކުރިއަށްދާ މި ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ތާޖުއްދީން ސުކޫލްގަ އެވެ.

ގުރޫޕް އޭގައި ފ.ދަރަނބޫދޫ، ހދ. ނޭކުރެންދޫ، ދ.ކުޑަހުވަދޫ، އަދި ކ.ހިއްމަފުށި ހިމެނޭއިރު ގްރޫޕް ބީ ގައި ހިމެނެނީ އއ.މަތިވެރި، ބ.އޭދަފުށި، ގއ.ކަނޑުޅުދޫ އަދި ތ.ތިމަރަފުށި އެވެ. އަދި ގުރޫޕް ސީ ގައި ހދ.ނާވައިދޫ، ކ.ތުލުސްދޫ، ރ.މަޑުއްވަރި އަދި ތ.ކިނބިދޫ ހިމެނޭއިރު ކުޅުދުއްފުށި ހިމެނުން ގްރޫޕް ޑީ ގައި އުޅެނީ ތ.ވިލުފުށި، ލ.ގަން، ގދ.ވާދޫ އެވެ.

ވޯލްޑް ކަޕް ސްޓައިލަށް ކުރިއަށްދާ މި މުބާރާތުގައި ގްރޫޕް އީ ގައި ހިމެނެނީ މ.ކޮޅުފުށި، ހދ.ނޮޅިވަރަންފަރު، ރ.އިނގުރައިދޫ އަދި ޏ.ފުވައްމުލަކެވެ. ގްރޫޕް އެފް ގައި ބ.ހިތާދޫ، ފ،ބިލެއްދޫ، އައްޑޫ ހުޅުދޫ އަދި ރ.މީދޫ ހިމެނޭއިރު ގްރޫޕް ޖީ ގައި ހިމެނެނީ ފ.ނިލަންދޫ، ގދ.ތިނަދޫ، ކ.ގާފަރު އަދި ނ.ހެނބަދޫ އެވެ. އަދި ގްރޫޕް އެޗްގައި ހިމެނުނީ ރ.ހުޅުއްދުއްފާރު، ރ.ރަސްމާދޫ، ރ.ދުވާފަރު އަދި ހއ.ތަކަންދޫ އެވެ.

ކުޅުދުއްފުށީ ޓީމްގެ ގްރޫޕް ސްޓޭޖް މެޗްތައް 14، 17 އަދި 19 މޭ ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގދ ވާދޫއާ އެވެ. އަދި ދެވަނަ މެޗުގައި ލ ގަމާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނުކުންނާނީ ތ ވިލުފުއްޓާ ދެކޮޅަށެވެ.

ރާއްޖޭގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 4 އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކުން ޖުމްލަ 32 ޓީމް ބައިވެރިވެފައިވާއިރު، މި މުބާރާތަކީ ރާއްޖޭގެ އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވޭ މިފަދަ ފުރަތަމަ މުބާރާތެވެ.

މި މުބާރާތުގައި ޖުމްލަ 60 މެޗް ކުޅެން ހަމަޖެހިފައިވެއެވެ. މެޗުތަކުގެ ކުޅުން ހަވީރު އަދި ރޭގަނޑު ކުރިޔަށް ދާ ގޮތަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މެޗުތައް ކުޅެވޭނީ މާފަންނު އެކުވެނި މިނީ ފުޓްސަލް ދަނޑުގައެވެ.

ރައިޒިން ސްޓަރ ފޮރ ވިލުފުށި ރެކްރިއޭޝަން އިން އިންތިޒާމް ކުރާ މިމުބާރާތް ކުރިޔަށް ގެންދަނީ އެސް.ޓީ.އޯ އަދި ދިރާގުގެ އެހީތެރި ކަމާއެކުގައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000ރ (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355