twitterviber whatsapp telegramfacebookyoutube instagram
12th August 2026

މަތީ ތައުލީމު ހާސިލުކޮށްފައިތިބި މީހުން ކައުންސިލަށް ރިޕޯޓުކުރުމަށް ކުރި އިއުލާނަށް ބީރު ކަންފަތެއް

May 13, 2014

ކުޅުދުއްފުށީގައި ދިރިއުޅޭ މީހުންގެ ތެރެއިން މަތީ ތައުލީމު ހާސިލުކޮށްފައި ތިބި މީހުން ކުޅުދުއްފުށީ ކައުންސިލަށް ރިޕޯޓުކުރުމަށް ކުރި އިއުލާނަށް އެއްވެސް ތަރުހީބެއް ލިބިފައި ނުވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އައިމަން މިއަދު ވިދާޅުވީ މިދިޔަ މަހުގެ 29 ގެ ކުރިން، ކުޅުދުއްފުށީ ކައުންސިލަށް ރިޕޯޓުކުރަން ހުޅުވާލި ފުރުސަތުގައި އެ އިއުލާނަށް އިޖާބަ ދީފައިވަނީ އެންމެ 3 ފަރާތަކުން ކަމަށެވެ.

އައިމަން ވިދާޅުވީ މިކަމަށް ތަރުހީބު ނުލިބުނީ ގިނަ ބަޔަކަށް މިމައުލޫމާތުގެ މުހިއްމުކަން އެނގިފައިނުވާތީ ކަމަށެވެ.

މިއީ ކުޅުދުއްފުށީގައި މަތީ ތައުލީމު ހާސިލު ކޮށްގެން ތިބި ބޭފުޅުންގެ މައުލޫމާތުތައް ކައުންސިލަށް ޖަމާކުރުމަށް ހުޅުވާލި ފުރުސަތެއްކަމަށް އެ ކައުންސިލުން މައުލޫމާތު ދެ އެވެ. އަދި މިމައުލޫމާތުގެ ސަބަބުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކުގައި އެކަމަށް އެއްމެ އެކަށީގެންވާ ތައުލީމެއް ހާސިލްކޮށްފައި ތިބި ފަރާތްތަކާ ގުޅުމަށް ފަސޭހަވާނެ ކަމަށާއި ކައުންސިލު މެދުވެރިކޮށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ފަސޭހަވާނެ ކަމަށް އައިމަން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާއިރު، ކައުންސިލުގެ މަސައްކަތްތަކުގައި އެފަދަ ފަރާތްތަކުގެ ބޭނުން ހިފާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355