twitterviber whatsapp telegramfacebookyoutube instagram
9th September 2025

ކުޅުދުއްފުށީގައި ގާރީ ކޯހެއް ފަށަނީ

May 13, 2014

އާލިމް ހުސައިން

ޤުރުއާނާ ބެހޭ މަރުކަޒާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި ގާރީ ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެކައުންސިލުން ބުނެފި އެވެ.

މި ކޯހުގައި ކިޔަވައިދޭނީ މާލޭގެ ގުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުން ކަމަށް ކައުންސިލް އިން މައުލޫމާތު ދެ އެވެ.

ކައުންސިލުން ބުނީ މި ކޯހުގައި ބައިވެރިކުރާނީ އިންޓަވިއު އިން ފާސްވެގެން ހޮވޭ 90 މީހުން ކަމަށާއި މި ކޯސް ހިންގާނީ 3 ކުލާހަކަށް ބަހާލައިގެން 2 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

ކުޅުދުއްފުށީގައި ކޯސް ބާއްވަން ހަމަ ޖެހިފައިވަނީ “ހިދުމަތް” އިމާރާތުގައި ނަމަވެސް އެ އިމާރާތް އަދި ކޯސް ހިންގޭ ވަރަށް ހެދިފައި ނުވާތީ މި ކޯސް ފަށާނީ އިރުމަތި އަވަށު ޕްރީ ސްކޫލުގައި ކަމަށް ކައުންސިލް އިން މައުލޫމާތު ދެއެވެ.

ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ފަށާ ތައުލީމު ހާސިލުކޮށް ގުރޭޑް 7 ނިންމާފައިވުމާއި ކާތިބުގެ ސަނަދަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން އަދި ކައުންސިލުން ދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން ހިމެނެއެވެ.

ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 29 ގެ ނިޔަލަށް ހުޅުވިފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355