twitterviber whatsapp telegramfacebookyoutube instagram
2nd January 2026

ކަރުންމަތީގެ ހާއްސަ ޑަކްޓަރ އަދި ކޮސްމެޓިކް ސާރޖަންއެއް ކުޅުދުއްފުށީ ގޯލްޑަން މެޑިކަލްސްއަށް އަންނަނީ

May 15, 2014

އާލިމް ހުސައިން

ކަރުންމަތީގެ ހާއްސަ ޑަކްޓަރ އަދި ކޮސްމެޓިކް ސާރޖަންއެއް ކުޅުދުއްފުށީ ގޯލްޑަން މެޑިކަލް ސެންޓަރގައި ބަލިމީހުންނަށް ފަރުވާ ދެއްވަން ހަމަޖެހިއްޖެ އެވެ.

މިމަހުގެ 31 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް އެ ކްލިނިކުގައި ބަލި މީހުންނަށް ފަރުވާ ދެއްވުމަށް ވަޑައިގަންނަވަނީ ޑރ.ކޭ އެސް ސުނޯޖް އެވެ.

ޑޮކްޓަރ ކޭ އެސް ސުނޯޖް ދެއްވާ ފަރުވާތަކުގެ ތެރޭގައި ކަރުންމަތީގެ ތަފާތު ބަލިތަކާއި ބޮލުން އިސްތަށި ފޭބުމުގެ އިތުރުން ބޮލުގައި އިސްތަށި ފެޅުވުމާއި ހަށިގަނޑު ލުއިކުރުމާއި ބައްޓަން ކުރުން އަދި މޫނާއި ހަންގަނޑުން ރޫ ފިލުވުން ހިމެނެ އެވެ.

ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން ގޯލްޑަން މެޑިކަލްގެ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީގެ އިތުރުން މެއި 1 ވަނަ ދުވަހު ހަނިމާދޫގައިވެސް އެ ޑޮކްޓަރ ފަރުވާ ދެއްވާނެ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކެވުމުގެ ފީ އަކީ 300ރ. ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެޕޮއިންޓްމެންޓް ހެއްދެވުމަށާޢި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7719113 އަށް ގުޅުއްވުމަށް އެ ކްލިނިކުން އެދިލައްވައެވެ.

ކުޅުދުއްފުށީ ގޯލްޑަން މެޑިކަލް ސެންޓަރުން މީގެ ކުރިންވެސް މިގޮތަށް ތަފާތު ބަލިތަކަށް ފަރުވާ ދެއްވާ ބޭރު ގައުމުތަކުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ ކުޅުދުއްފުއްޓަށް ގެނެސްގެން ހިދުމަތް ދީފައެވެ. މިސެންޓަރުގެ ހިދުމަތް ލިބެމުންދާނީ ކުޅުދުއްފުށީ “ހެދޭކުރި” ގޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355