twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ނޮޅިވަރަންފަރު ސަރުކާރު މުއައްސަސާތަކުގެ 2 ވަނަ ވޮލީ މުބާރާތް ފަށައިފި

May 17, 2014

އާލިމް ހުސެއިން

ނޮޅިވަރަންފަރު ކައުންސިލް އިދާރާ އާއި ޕޮލިސް ސްޓޭސަން ގުޅިގެން އިންތިޒާމުކުރާ ނޮޅިވަރަންފަރު މުއައްސަސާތަކުގެ 2 ވަނަ ވޮލީ މުބާރާތް މިދިޔަ ބުރާސްފަތި ދުވަހު ފަށައިފި އެވެ.

މިމުބާރާތަކީ ސަރުކާރުގެ މުއައްސަސާތަކުގެ އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ސަރުކާރުގެ 6 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ.

މިމުބާރާތް ފެށުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަޙީދެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ވާދަކުރި މެޗު ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގެ ޓީމާއި ރަށު ކައުންސިލްގެ ޓީމު ވާދަކޮށް 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ކައުންސިލްގެ ޓީމެވެ.

މުބާރާތް ހުޅުވައިދެއްވުމުގެ ގޮތުން ފަތުޙުﷲ ވަޙީދު ދެއްކެވި ވާހަކަފުޅުގައި މިފަދަ މުބާރާތެއް މުވައްސަސާތަކުން ރާވާ ހިންގާކަމަށްޓަކައި އެކަމާ އުފާކުރައްވާ ކަމަށާއި މިކަމުން އެނގިގެންދަނީ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކަން ފާހަގަ ކުރެއްވި އެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަމުން ގެންދަވާކަން ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލުން ފާހަގަކުރައްވަ އެވެ.

ނޮޅިވަރަންފަރު ސަރުކާރު މުއައްސަސާތަކުގެ ވޮލީ މުބާރާތް ބާއްވަން ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355